ލ. ގަމު މަތުމަރަދޫ ފެނަކަ ބްރާންޗްގެ ކުރީގެ އެސިސްޓެންޓް މެނޭޖަރުގެ މައްޗަށް ހިޔާނާތުގެ ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުންނެވެ. އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަމަށެވެ.
އޭސީސީން ބުނީ މިއީ 2019 ވަނަ އަހަރު ލ. ގަމު މަތިމަރަދޫ ބްރާންޗްގެ އޭރުގެ އެސިސްޓެންޓް މެނޭޖަރު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އާއިލީ މަސްލަހަތު އޮތް ކުންފުންޏަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ މައްސަލައިގައި ކޮރަޕްޝަންގެ ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ.
މި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވަނީ ނަސްރުﷲ އަބްދުﷲ ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ، ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.
އޭސީސީ ބުނެފައިވަނީ 2019 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނުން ލ. ގަމުގެ އިންޖީނުގެތައް އެއް ބްރާންޗަކަށް ބަދަލުކުރުމަށް ލ.ގަމު މަތިމަރަދޫ އަވަށުގައި ހުރި ނާސަރީ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ލ.ގަމު މަތިމަރަދޫ ބްރާންޗު ހިންގުމާ އެދުވަސްވަރު ހަވާލުވެހުރި، ނަޞްރުﷲ ޢަބްދުﷲ ގެ ޢާއިލީ މަސްލަހަތު އޮތް މާތުނޑި ޓްރޭޑް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.
މި ކުންފުންނިން އެ މަސައްކަތްތައް ނިންމިކަން ކަށަވަރު ކުރުމެއް ނެތި އެ ކުންފުންޏަށް ފައިސާ ފިނުމަށް ފެނަކަ ހެޑް އޮފީހުގައި އެދިފައިވާކަމަށްވެސް އޭސީސީން ބުނެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފެނަކަ ފެނަކަ ހިޔާނާތް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)