އިލެކްޝަންސް ކޮމިޝަން ހިންގާނެ އޮފީހެއް ހޯދަނީ

Advertisement

އެންމެ ފަސް

Advertisement

އިލެކްޝަންސް ކޮމިޝަން (އީސީ) ހިންގާނެ އޮފީހެއް ހޯދަން އިއުލާންކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއްޔެ ގެޒެޓުގައިކުރި އިއުލާނެއްގައި ބުނެފައި ވަނީ، ހޯދަން ބޭނުންވަނީ 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދޭނެ އިމާރާތެއް ކަމަށެވެ.

އެ ކޮމިޝަނުން ބުނީ، އެކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށާއި، އޭގެ ބީލަން ހުޅުވުން އޮންނާނީ 2024 އޮކްޓޫބަރު 28 ވާ ހޯމަ ދުވަހުގެ 13:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައި ކަމަށެވެ.

އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަން މިހާރު ހިންގަމުން ދަނީ ހިލާލީ މަގުގައި ހުންނަ ޕޯޓް ކޮމްޕްލެކްސްގެ ފަސް ވަނަ ފަންގިފިލާގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން އާ އިމާރާތެއް ހޯދަމުން ދަނީ މިހާރު އެ ކޮމިޝަން ހިންގަމުންދާ އިމާރާތް މި އަހަރަށް ހުސްކުރަން ޖެހޭތީ އެވެ. އިލްކްޝަން ކޮމިޝަނުން ބުނީ ޕޯޓް ކޮމްޕްލްކްސްގައި އެ ކޮމިޝަން ހިންގަމުންދާތާ މިހާރު 19 އަހަރުވެދާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ