ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ސްވިޓްޒަލޭންޑްގެ ޖެނީވާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވާފައި މިއަދު އަނބުރާ މާލެއަށް ވަޑައިގެންފި އެވެ.
މި މަހުގެ 13 އިން 17 އަށް ޖެނީވާގައި ބޭއްވުނު އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 149 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި މި ދަތުރުފުޅު ނިމުނު ކަމަށް މަޖިލީހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ. މި އެސެމްބްލީގައި މަޖިލީސް ރައީސް ވަނީ ތަގުރީރުވެސް ކުރައްވާފަ އެވެ.
މި ދަތުރުފުޅުގައި މަޖިލީސް ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިތުރު ފަސް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އެއީ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލްއެވެ.
އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ އެސެމްބްލީގައި ބައިވެރިވުމަކީ ދުނިޔޭގެ އެހެން ޤައުމުތަކުގެ ޕާލިމެންޓޭރިއަނުންނާއެކު ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އަޑު އުފުލުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް