ހުޅުމާލޭގައި މަތީ ފަންތީގެ ތިން ހޮޓެލް ތަރައްގީކުރުމަށް ހުޅުވާލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގެ އާބަން އައިލްގައި މަތީ ފަންތީގެ ތިން ހޮޓެލް ތަރައްގީކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހުޅުވާލައިފި އެވެ.

މި މަޝްރޫއުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް އެޗްޑީސީން ދައުވަތު ދީފައިވެ އެވެ.

އެޗްޑީސީން މިއަދު ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ތިން ހޮޓެލް ތަރައްގީކުރުމަށް އެންމެ އެކަށޭނަ މޮޑެލްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ލީސް މޮޑެލް އެވެ. ނަމަވެސް، އެހެން މޮޑެލްތަކަށްވެސް އީއޯއައި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި، މިފަދަ ހުށަހެޅުންތަކުގައި ދެފަރާތަށް ލިބޭނެ ފައިދާ ބަޔާންކުރަންވާނެ ކަމަށް އެޗްޑީސީން އަންގާފައިވެ އެވެ.

އެއް ހޮޓެލަށްވުރެ ގިނަ ހޮޓެލްތަކަށް އީއޯއައި ލިބިއްޖެނަމަ، އެންމެ ރަނގަޅު ހުށަހެޅުން އިހްތިޔާރުކުރާނީ އެޗްޑީސީގެ ތަސައްވުރާއި މާސްޓަރ ޕްލޭނާ އެންމެ އެއްގޮތްވާ ހުށަހެޅުން ކަމުގައި އެޗްޑީސީން ބުނެފައިވެ އެވެ. ހުށަހެޅުންތައް ވަޒަންކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ހުށަހަޅާފައިވާ ބިޒްނަސް މޮޑެލް، މާލީ ޝަރުޠުތައް، ކޮންޓްރެކްޓަރުގެ ތަޖުރިބާ، ހުށަހަޅާފައިވާ ޓީމް، މާލީ ޙާލަތު އަދި ކޮންޓްރެކްޓަރުގެ ކެރިފޯރުންތެރިކަން ހިމެނެ އެވެ.

އެޗްޑީސީން އަންގާފައިވާ ގޮތުގައި، މި މަޝްރޫއުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް އީއޯއައި ހުށަހަޅަންވާނެ އެވެ. މި މަޝްރޫޢުތަކާ ގުޅޭ އިތުރު މަޢުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށާއި، އީމެއިލް މެދުވެރިކޮށްވެސް އިތުރު މަޢުލޫމާތު ސާފުކުރެވޭނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެ އެވެ.

މި މަޝްރޫއުތަކުގެ ސަބަބުން ހުޅުމާލޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުމެއް ލިބި، ރާއްޖޭގެ އިގްތިސާދަށް ފައިދާތަކެއް ކުރާނެ ކަމަށް އުންމީދު ކުރެވެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ