އާސަންދަ ބަޖެޓް ހުސްވެ، ހަރަދު 2.5 ބިލިއަން ރުފިޔާއަށް އަރައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އާސަންދަ ބަޖެޓް ހުސްވެ، ހަރަދު 2.5 ބިލިއަން ރުފިޔާއަށް އަރައިފި ކަން އާސަންދަ ކުންފުނިން ނެރުނު ތަފާސް ހިސާބުން ދައްކައިފި އެވެ.

މިއަދު ނެރުނު ތަފާސް ހިސާބުން ދައްކަ ގޮތުގައި މި އަހަރުގެ ޖުލައި 1 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު 30 ވަނަ ދުވަހުގެ ނިޔަލަށް އާސަންދަ ސްކީމްގެ ދަށުން ބްލޮކްކުރެވިފައިވާ ޖުމުލަ ހަރަދަކީ 903 މިލިއަން ދިވެހި ރުފިޔާ އެވެ. މިއީ ފާއިތުވީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %8.4 ގެ އިތުރުވުމެއް ކަމަށް އާސަންދައިން ބުނެފައި ވެއެވެ. ފާއިތުވީ އަހަރުގެ ތިންވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ބްލޮކް ކުރެވުނު ޖުމުލަ ހަރަދަކީ 833 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ހިދުމަތް ހޯދި މީހުންގެ އަދަދުވެސް ވަނީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރުވެފަ އެވެ. އެގޮތުން ފާއިތުވި އަހަރު ހިދުމަތް ހޯދި މީހުންގެ ޖުމުލަ އަދަދު 278،255 ގައި ހުރިއިރު، މި އަހަރު މި އަދަދު ވަނީ 280،491 އަށް އިތުރުވެފައި ކަމުގައި އާސަންދައިން ހާމަކުރި އެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރގައި އާސަންދަ ސްކީމްގެ ދަށުން 1،226 ފަހަރަށް ބަލިމީހުން އިމަޖެންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ގެންގޮސްފައި ވެއެވެ. އަދި ޖުމުލަ 2،370 ބަލިމީހުން ވަނީ، މި ސްކީމްގެ ދަށުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައި ކަމަށްވެސް އެކުންފުނިން ބުންޏެވެ.

އާސަންދަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ