ޖިހާދު ރާއްޖެ އައުމުން އޭނާގެ މައްސަލަ އަލުން ބަލަން ހުށަހަޅައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ދާދިފަހުން ރާއްޖެއަށް އެނބުރި ވަޑައިގަތުމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އޭނާގެ މައްސަލަ ބަލަން އަލުން ހުށަހަޅައިފި އެވެ.

ޖިހާދުގެ އެޑްރެސް ސާފު ނުވާތީ ކޯޓަށް ހާޒިރު ނުކުރެވުމުން އެ މައްސަލަ ކުރިން ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

މިމައްސަލަ އުފެދުނީ ޖިހާދު ދިރިއުޅުއްވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޯރުކޮށްދިން އެޑްރެސްގައި ނޫންކަން އެނގުމުން ނެވެ.

ޖިހާދަށް ހާޒިރު ކުރެވުމުން އެ މައްސަލަ އަލުން ހުށަހެޅުމުގެ އިޚްތިޔާރު ހައިކޯޓުން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ދީފަ އެވެ.

މީގެ ދެދުވަސް ކުރިން ޖިހާދު އެނބުރި ރާއްޖެއަށް ވަޑައިގަތުމާއެކު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ ކުރިއަށް ގެންގޮސްފަ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލައާ އެކު ޖިހާދު އެނބުރި އައުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް އިއްޔެ އަލުން ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޖިހާދުގެ މައްޗަށް އުފުލާފައިވަނީ 2013 ވަނަ އަހަރު، ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ފުށިދިއްގަރު ފަޅު އެއްބަސްވުމުގައި ސޮއިކުރުމާ ގުޅޭ ދައުވާތަކެކެވެ. އެ ދައުވާ އުފުލާފައި ވަނީ ދިވެހި ސަރުކާރުގެ ލަފަޔާ ހިލާފަށް ސަރުކާރަށް އެންމެ 25 އިންސައްތަ ހިއްސާ ލިބޭގޮތަށް ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ބޭރުގެ ކުންފުންޏަކާ އެކު ޖޮއިންޓް ވެންޗާ އެގްރީމަންޓެއް ހެދުމާއި ގުޅިގެން ނެވެ.

ޖިހާދު އަމަލުކުރީ ދައުލަތަށް ފައިދާ ނުކުރާ ގޮތަށް ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް، ތަހުގީގުގައި ހެދުނު ގޯސްތަކުގެ ސަބަބުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކުރިން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

މީގެ ކުރިން ވެސް ދައުލަތުން ޖިހާދުގެ މައްޗަށް ދައުވާކޮށްފައި ވެއެވެ. އޭރު ދައުވާ ވަނީ ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެން ޖިހާދަށް ދޫކޮށްފައިވާ ރެހެނދި ފްލެޓެއް ބޭނުންކުރި މުއްދަތަށް 1.1 މިލިއަން ރުފިޔާ ހޯދުމަށެވެ. ނަމަވެސް ފަހުން މި މައްސަލަ އަނބުރާ ގެންދިޔަ އެވެ.

އަބްދުﷲ ޖިހާދު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ