ޔާމީންގެ ވައްކަމުގެ ފައިސާ ހޯދިއްޖެއްޔާ ދަރަނި ދައްކަން ފަސޭހަވާނެ: މެންބަރު ފަލާހު

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ދައުލަތުގެ ފައިސާއިން ކުރެވުނު ކަމަށް ތުހުމަތުކުރެވޭ ވައްކަމުގެ އަދަދު 500 މިލިއަން ޑޮލަރަށް އަރާ ކަމަށާއި، މި ފައިސާ ހޯދިއްޖެނަމަ އަންނަ އަހަރު ދައްކަންޖެހޭ ދަރަނި ދެއްކުމަށް ފަސޭހަވާނެ ކަމަށް ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

މެންބަރު ފަލާހު މި ވާހަކަ ދެއްކެވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހަށް ބަހުސްކުރެއްވުމުގެ ތެރޭގަ އެވެ. އޭނާ ވިދާޅުވީ ޓެކްސް ބޮޑުކުރަނީ ރާއްޖެއަށް އާމްދަނީ އިތުރުކުރުމަށް ކަމަށާއި، އެހެންކަމުން އާމްދަނީ އިތުރުކުރުމުގެ ވާހަކަ ދައްކާއިރު، ދައުލަތުން ގެއްލިފައިވާ ފައިސާގެ ވާހަކަ ވެސް ދައްކަންޖެހޭ ކަމަށެވެ.

”2013 އިން 2018 އަށް އެ ހިނގި ވެރިކަމުގެ ތެރޭގައި އެ ވެރިކަންކުރި ވެރިންގެ އެކައުންޓުތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެބަހުރި ކަމަށް ވަނީ 500 މިލިއަން ޑޮލަރު،“ މެންބަރު ފަލާހު ވިދާޅުވި އެވެ.

މެންބަރު ފަލާހު އިތުރަށް ވިދާޅުވީ، މި ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކުން ހޯދަންޖެހޭ ކަމަށެވެ. އަދި މި ފައިސާ ނުހޯދައިފިނަމަ، އެއީ މިހާރުގެ ސަރުކާރަށް ވެސް ހެދޭ ބޮޑު ގޯހަކަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، މި ފައިސާ ހޯދިއްޖެނަމަ، ދިވެހި ދައުލަތުން ދައްކަންޖެހޭ ބޮޑު ދަރަނި ދެއްކުމަށް އެހީތެރިވެދޭނެ ކަމަށް ވެސް މެންބަރު ފަލާހު ފާހަގަކުރެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ އެ ސަރުކާރުގެ ތެރޭގައި ގެއްލުނު ދައުލަތުގެ ފައިސާ ހޯދެވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަން ހާމަކުރައްވާފަ އެވެ.

ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ މަޖިލިސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ