ތިލަމާލެ ސަރަހައްދުގެ ކަރަންޓު ނެޓްވޯކް އެޅުމަށް ޗައިނާގެ ކުންފުންޏަކަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ތިލަމާލެ ސަރަހައްދުގެ ކަރަންޓު ނެޓްވޯކް އެޅުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ސްޓެލްކޯއިން މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ޓީބީއީއޭ ކޮމްޕެނީ ލިމިޓެޑާ އެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ސްޓެލްކޯގެ އެމްޑި ހުސައިން ފަހުމީ ވިދާޅުވީ މި މަޝްރޫއަކީ މާލެއާއި ވިލިމާލެ އާއި ގުޅިފަޅާއި ތިލަފުށި ކަރަންޓުގެ ނެޓްވޯކަކުން ގުޅާލުމަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

ތިލަމާލެ ކަރަންޓު ނެޓްވޯކް މަޝްރޫގެ ދަށުން ހަތަރު ރަށް ގުޅާލުމަށް ހަމަޖެހިފައިވަނީ ހައި ކެޕޭސިޓީ ޓްރާންސްމިޝަން ލައިން އަކުންނެވެ. މީގެ ސަބަބުން މި ތަންތަނުގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ސްޓޭލްކޯއަށް އިތުރު ފަސޭހައެއް ލިބި ކަރަންޓު ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ އެވެ.

ފަހުމީ ވަނީ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްޓެލްކޯއަށް ދެއްވާ އެއްބާރުލުން ފާހަގަ ކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

މާލެ ސަރަހައްދުގައި 150 މެގަ ވޯލްޓްގެ އިންޖީނުގެއެއް އެޅުމަށްވެސް މިއަދު ސްޓެލްކޯއާއި ޓީބީއީއޭއާ ވަނީ އެއްބަސްވެފަ އެވެ.

ފަހުމީ ވިދާޅުވީ މި އިންޖީނުގެއަކީ ޑުއަލް ފިއުލް ނުވަތަ ގޭހާއި ތެލުން ހަކަތަ އުފެއްދޭ ގޮތަށް ގާއިމު ކުރެވޭ ސެންޓްރަލް ފެސިލިޓީއެއް ކަމަށެވެ. އަދި މީގެ ސަބަބުން ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރު ކުރެވި ސްޓޭބަލް އަދި އިތުބާރު ހިފޭ ގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެކަމަށް ފަހުމީ ވިދާޅުވި އެވެ.

މި ތާރީހީ އެއްބަސްވުމަކީ ރާއްޖޭގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް އެޅުނު ވަރަށް ބޮޑު ކުރިއެރުމެއް.

މީގެ އިތުރުން މި އެއްބަސްވުމަކީ ރާއްޖޭގައި ހަކަތަ އުފެއްދުމަށް އެޅިގެން ދިޔަ ބޮޑު ފިޔަވަޅެއްގެ ގޮތުގައި ފަހުމީ ވަނީ ސިފަ ކުރައްވާފަ އެވެ. ފަހުމީ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ހަކަތައަށް އޮތް ޑިމާންޑަށް ހައްލުތަކެއް ހޯދިގެންދާނެ ކަމަށާއި މިއީ ސްޓެލްކޯގެ ދެމެހެއްޓެނިވި ކުރިއެރުމެއްގެ ތަސައްވުރާ އެއްގޮތްވާ ގޮތަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.

ހުސައިން ފަހުމީ ސްޓެލްކޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ