މާލެ ސަރަހައްދުގައި 150 މވ. ގެ އިންޖީނުގެ އެއް އަޅަން ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މާޅެ ސަރަހައްދުގައި 150 މެގަ ވޯލްޓްގެ އިންޖީނުގެއެއް އެޅުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ސްޓެލްކޯއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޓީބީއީއޭ ގްރޫޕް ކޮމްޕެނީ ލިމިޓެޑާ އެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު އެ ކުންފުނީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވީ މި އިންޖީނުގެއަކީ ޑުއަލް ފިއުލް ނުވަތަ ގޭހާއި ތެލުން ހަކަތަ އުފެއްދޭ ގޮތަށް ގާއިމު ކުރެވޭ ސެންޓްރަލް ފެސިލިޓީއެއް ކަމަށެވެ. އަދި މީގެ ސަބަބުން ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރު ކުރެވި ސްޓޭބަލް އަދި އިތުބާރު ހިފޭ ގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެކަމަށް ފަހުމީ ވިދާޅުވި އެވެ.

މި ތާރީހީ އެއްބަސްވުމަކީ ރާއްޖޭގެ ހަކަތައިގެ އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށް އެޅުނު ވަރަށް ބޮޑު ކުރިއެރުމެއް.

މީގެ އިތުރުން މި އެއްބަސްވުމަކީ ރާއްޖޭގައި ހަކަތަ އުފެއްދުމަށް އެޅިގެން ދިޔަ ބޮޑު ފިޔަވަޅެއްގެ ގޮތުގައި ފަހުމީ ވަނީ ސިފަ ކުރައްވާފަ އެވެ. ފަހުމީ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ހަކަތައަށް އޮތް ޑިމާންޑަށް ހައްލުތަކެއް ހޯދިގެންދާނެ ކަމަށާއި މިއީ ސްޓެލްކޯގެ ދެމެހެއްޓެނިވި ކުރިއެރުމެއްގެ ތަސައްވުރާ އެއްގޮތްވާ ގޮތަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ.

މާލެ ސަރަހައްދުގައި އިންޖީނުގެއެއް އެޅުމުގެ އެއްބަސްވުމުގެ އިތުރުން އެ ކުންފުނިން ވަނީ ތިމަލާމެ ސަރަހައްދުގެ ކަރަންޓު ނެޓްވޯކް އެޅުމަށްވެސް ޓީބީއީއޭ ކުންފުންޏާއެކު އެއްބަސްވެފަ އެވެ.

ހުސައިން ފަހުމީ ސްޓެލްކޯ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ