ވޭޕް މަނާކުރުމަށް ނިންމި ނިންމުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތައުރީފް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި، އެތަކެތި ބޭނުންކުރުން މަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް ދިނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބުލިއުއެޗްއޯ) އިން މަރުހަބާ ކިޔައިފި އެވެ.

ޑަބްލިއުއެޗްއޯގެ ސައުތު-އީސްޓް އޭޝިއާ އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރާއްޖެއިން ވޭޕް މަނާކުރުމަށް ނިންމި ނިންމުމަކީ ޚާއްސަކޮށް ޒުވާނުންގެ މެދުގައި ވޭޕްކުރުން އިތުރުވަމުންދިއުން ހުއްޓުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ޑަބުލިއުއެޗްއޯ އިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، 2019 ވަނަ އަހަރުގެ ’ގްލޯބަލް ޔޫތު ޓޮބެކޯ ސާވޭ‘ އިން ދައްކާ ގޮތުގައި ރާއްޖޭގައި 13 އަހަރާއި 15 އަހަރާ ދެމެދުގެ 23.1 އިންސައްތަ ފިރިހެން ކުދިންނާއި 10.7 އިންސައްތަ އަންހެން ކުދިން އީ-ސިނގިރޭޓް ބޭނުންކޮށްފައިވެ އެވެ. މިއީ ކަންބޮޑުވާންޖެހޭ މިންވަރެއް ކަމަށް ޑަބްލިއުއެޗްއޯ އިން ފާހަގަކޮށްފައިވެ އެވެ.

ޑަބްލިއުއެޗްއޯ އިން އިތުރަށް ބުނެފައިވަނީ، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ޒުވާނުންގެ މެދުގައި އިލެކްޓްރޯނިކް ސިނގިރޭޓް އަދި އެހެނިހެން ނޮވެލް އަދި އިމާޖިން ނިކޮޓިން އެންޑް ޓޮބެކޯ ޕްރޮޑަކްޓްސް (އެންޕީ) ބޭނުންކުރުން އިތުރުވަމުން ދިއުމަކީ ޚާއްސަކޮށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހުރިހާ ވައްތަރަކީ ވެސް ގެއްލުންހުރި އަދި ކެންސަރާއި ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ދާއިމީ ބަލިތަކާއި ހަކުރު ބަލީގެ ނުރައްކާ އިތުރުކުރާ ކަމެއް ކަމަށް އެ ޖަމްޢިއްޔާއިން ވަނީ ހާމަކޮށްފަ އެވެ.

”ދުންފަތުގެ އިސްތިއުމާލުކުރުމުގެ ހުރިހާ ވައްތަރަކީ ވެސް ގެއްލުންހުރި އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރޭގައި ކެންސަރާއި ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ދާއިމީ ބަލިތަކާއި ހަކުރު ބަލީގެ ނުރައްކާ ބޮޑު ކަމެއް،“ ޑަބްލިއުއެޗްއޯ އިން އެކްސްގައިކުރި ޕޯސްޓުގައި ބުނެފައިވެ އެވެ.

ވޭޕް މަނާކުރުމަށް ރައީސް ނިންމެވި ނިންމެވުމާ އެއްގޮތަށް، 2024 ވަނަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މަނާވާނެ އެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުންވެސް މަނާވާނެ އެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މި ނިންމެވުން ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

މި ނިންމެވުމަކީ ރާއްޖޭގައި އިތުރުވަމުންދާ ވޭޕްކުރުމުގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ