ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ކުރީގެ ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި އަލުން ތަރައްގީ ކުރަން ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ހަވާލުކޮށްފި އެވެ.
ވީއައިއޭގެ ފުރަތަމަ ރަންވޭ މިހާރު ބޭނުންކުރަމުން ގެންދަނީ ޓެކްސީވޭއެއްގެ ގޮތުގަ އެވެ. ބީސީޖީއާ ހަވާލުކުރީ މި ޓެކްސީވޭ ޒަމާނީ ފެންވަރަށް ތަރަށްގީ ކުރުމަށެވެ.
ވީއައިއޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ 2027 ވަނަ އަހަރުގެ މެދުތެރެއަށް ރަންވޭގެ މަސައްކަތް އެއްކޮށް ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނީ އަންނަ ނޮވެންބަރު މަހު އެވެ.
މި މަޝްރޫއުގެ ދަށުން 3200 މީޓަރުގެ އެ ރަންވޭ ހަދާނީ ޕެރެލަލް ޓެކްސީވޭއެއްގެ ގޮތުގައި އެވެ.
ކުރީގެ ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފެށީ 2022 ވަނަ އަހަރު އެވެ.
ރާއްޖެ - ޗައިނާ އެމްއޭސީއެލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)