އައްޑޫ ސިޓީ ހިތަދޫގެ ފިހާރައަކަށް ވަދެ، ބިރުދައްކައި ފޭރުނު މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
މިކަން ފުލުހުން ހަމަކޮށްފައި ވަނީ މީޑިއާތަކަށް ފޮނުވި މެސެޖެއްގަ އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ، މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ހިތަދޫ ފިހާރައަކަށް ދެ މީހުން ވަދެ ބިރު ދައްކައި ފޭރޭ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ. އެ ވީޑިއޯއިން ފެންނަނީ ފިލާބުރިއަކާއި ވަޅިއަކުން އެ ފިހާރައިގައި އިން ސޭޓަށް ބިރު ދައްކާ މަންޒަރެވެ.