ސަރުކާރު ކުންފުނިތަކުން 1000 ވަޒީފާ މަދުކުރެވިފައިވޭ: ހީނާ

Advertisement

Advertisement

އެންމެ ފަސް

Advertisement

މިދިޔަ އަހަރާއި އަޅާބަލާއިރު ސަރުކާރު ކުންފުނިތަކުގެ 1000 ވަޒީފާތައް ދަށްވެފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ހީނާ މިހެން ވިދާޅުވެފައިވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ހީނާގެ މި ޕޯސްޓަކީ ”އަދަދު“ ނޫހުން މިއަދު ނެރުނު ޚަބަރެއް ދޮގުކުރެއްވުމަށް ކުރެއްވި ޕޯސްޓެކެވެ. އެ ޚަބަރުގައި ބުނެފައިވަނީ މި ސަރުކާރުގެ ސިޔާސީ މަޤާމުތަކާއި، ސަރުކާރުގެ ކުންފުނިތަކަށް 7،000 އަށްވުރެ ގިނަ މުވައްޒަފުން ނެގި ކަމަށެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ކުންފުނިތަކުން 5,000 ވަޒީފާ ދީފައިވާ ކަމަށާއި، މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ފެނަކަ ކޯޕަރޭޝަނުން 1800 ވަޒީފާ ދީފައިވާ ކަމަށެވެ.

މި ޚަބަރަށް ރައްދު ދެއްވަމުން ހީނާ ވިދާޅުވެފައިވަނީ ޚިޔާލަށް އަންނަހާ ވާހަކައެއް އެއްވެސް ހަޤީީޤަތެއް ބަލައިލުމެއް ނެތި ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން ކަމަށެވެ. އަދި ހީނާ ވިދާޅުވީ، ”ހަމައެކަނި ސަރުކާރު ކުންފުނިތަކަށް ބެލި ނަމަވެސް 2023 ވަނަ އަހަރުގެ ފަހު ކުއާޓަރއަށް ވުރެ 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދުން 1000 އަށްވުރެ ގިނަ މުވައްޒަފުން މަދުވެފައިވާކަން ޕީސީބީއިން ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ“ ކަމަށެވެ.

ހީނާ އިތުރަށް ވިދާޅުވެފައިވަނީ މިފަދަ ދޮގު ޚަބަރު ލިޔަނީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށާއި، މިދިޔަ 5 އަހަރު ޤައުމު ވައްޓާލާފައި އޮތް ދަރަނީގެ އަނދަވަޅުން ޤައުމު ސަލާމަތްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅު ދިވެހި ރައްޔިތުން ބަލައިގަންނާތީ، ކަމުގެ ހަޤީޤަތް އޮޅުވާލުމަށް ކަމުގަ އެވެ.

ރައީސް މުއިއްޒު މިއަދު ވަނީ ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ އަދަދުވެސް މަދުކުރެއްވުމަށް ނިންމަވާފަ އެވެ. އެގޮތުން ސިޔާސީ މަޤާމުތަކުގައި ތިބި 228 މީހަކު މަޤާމުން ވަކިކުރުމަށް ރައީސް ނިންމަވާފައިވެ އެވެ.

ހީނާ ވަލީދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ