ޓެކްސް ބޮޑުކުރަންވީ ޓޫރިޒަމަށް ލޮޅުން ނާރާނެ ގޮތަށް: މެންބަރު އައްބާސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުން ޓެކްސް ބޮޑުކުރަން އުޅޭތީ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި، ޓެކްސް ބޮޑުކުރަންވީ ޓޫރިޒަމަށް ލޮޅުން ނާރާނެ ގޮތަކަށް ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އައްބާސް މިހެން ވިދާޅުވީ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހްގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުންނެވެ.

އައްބާސް ވިދާޅުވީ، ޓެކްސް ބޮޑުކޮށްގެން ނޫނީ ގައުމު ވެއްޓިފަ އޮތް އަނދަވަޅުން އަރައިގަނެވެން ނެތްކަން ގަބޫލުކުރައްވާ ކަމަށާއި، އެކަމަށް ތާއީދުކުރި ނަމަވެސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

”އިގްތިސޯދުގެ ބެކްބޯންއަކީ ފަތުރުވެރިކަން. އަޅުގަނޑުމެން ކުއްލިކުއްލިއަށް ޓީޖީއެސްޓީއާ އެއާޕޯޓް ޓެސްކްއަށް ގެނެވޭ ބަދަލުތަކަކީ އެއްކޮށްލާއިރު ބޮލަކަށް ވަރަށް ބޮޑު އަދަދެއް އަރާނެ. މިއީ މިވަގުތަށް އެންމެ ރަނގަޅު ކަމެއްތޯ ނުވަތަ ނޫންތޯ އަޅުގަނޑުމެން ވިސްނާލަންޖެހޭ.“

ރާއްޖެ ވެއްޓިފައި އޮތް އަނދަވަޅުން އަރައިގަތުމަށް ޓަކައި ޓެކްސްގެ ނިޒާމަށް ބަދަލުގެންނަންޖެހޭކަން ގަބޫލުކުރައްވާ ކަމަށާއި، އެ ތަކުލީފުތައް މިއަދު އުފުލަންޖެހެނީ 2013 އިން 2018 އަށް ވައްކަންކުރި ސަރުކާރަކާއި 2019 އިން 2023 އަށް ވައްކަން ކުރި ސަރުކާރެއްގެ ސަބަބުން ކަމަށް އައްބާސް ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ، ފަތުރުވެރިންގެ އަތުން މިހާ ބޮޑުކޮށް ޓެކްސް ނަގަންޖެހޭތީ ޓުއާ އޮޕަރޭޓަރުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންގެ ކަނބޮޑުވުން އެބައޮތް ކަމަށެވެ.

އަދި ޓެކްސް ބޮޑުކުރުން ފަދަ އިސްލާހެއް ގެންނައިރު ދާއިރާގެ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަރުންގެ ޚިޔާލާއި މަޝްވަރާ ހޯދުން އެއީ މުހިންމުކަމެއް ކަމަށް އައްބާސް ވިދާޅުވި އެވެ.

 

ރައްޔިތުންގެ މަޖިލިސް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ