ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެގި 200 މިލިއަން ރުފިޔާގެ ލޯނަކަށް ސަރުކާރުން ގެރެންޓީ ދީފި އެވެ.
އެ ލޯނަކީ ކ. ތިލަފުށީ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޭނުންވާ އެޑްވާންސް ފައިނޭންސިން ހޯދުމަށް ހަބީބް ބޭންކުން ނެގި ލޯނެކެވެ.
އެޗްޑީސީ އިން ނެގި ލޯނަކަށް ސަރުކާރުން ގެރެންޓީ ދިންކަން ހާމަވީ ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމެޓީ އަށް ފޮޮނުވި ސިޓީއަކުން ނެވެ. އެ ލޯނަކީ ކ. ތިލަފުށީ ދެވަނަ ފިޔަވަހީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޭނުންވާ އެޑްވާންސް ފައިނޭންސިން ހޯދުމަށް ނެގި ލޯނެއްކަން ކޮމެޓީ އަށް ފޮނުވާފައިވާ ސިޓީ އިން އެނގިފައި ވެއެވެ.
މި ވާހަކައިގައި ދިފާއުގައި ވާހަކަދައްކަވަމުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވީ އެޗްޑީސީ އިން ނަގާ ލޯނަކަށް ސަރުކާރުން ގެރެންޓީ ދޭން ޖެހުނީ އެ ކުންފުނީގެ އަގުބޮޑު ރައުސުލްމާލުތައް އެމްޑީޕީގެ ސަރުކާރުގައި ގެއްލުވާލާފައިވާތީ ކަމަށެވެ. އެ ފައިސާ އިން ބިން ހިއްކުމުގެ މަސައްކަތް ވެސް ކުރަން ހަމަޖެހިފައިވާ ކަމަށް އަޒާން ވިދާޅުވި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) މާލިއްޔަތު ކޮމެޓީ