މާދަން މެންދުރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯއިން މިހެން ބުނީ އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ.
ސްޓެލްކޯއިން ބުނީ އެކުންފުނީގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުން އެކަށީގެންވާ ކަމަށެވެ. އެގޮތުން، ސޯސަން މަގު، މަޖީދީ މަގު، އަބަދަށްފެހި މަގު އަދި މިއަލަނި ގޯޅި ހިމެނޭ ސަރަހައްދުން މާދަމާ މެންދުރުފަހު 14:00 އިން 15:30 އާ ދެމެދު ކަރަންޓްގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިކަމަށްޓަކައި ދިމާވެދާނެ ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފަ އެވެ.