228 ސިޔާސީ މީހުން ވަޒީފާއިން ވަކި ކުރަން އަންގައިފި

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުގެ ސިޔާސީ މަގާމުތަކުން 228 މީހުން މަދު ކުރުމަށް އަންގާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިކަން އިއުލާން ކުރެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ މިއީ އިގްތިސޯދީ އިސްލާހީ މަސައްކަތުގެ ތެރެއިން ސަރުކާރުގެ ހަރަދު ކުޑަ ކުރުމަށް ކުރަން ނިންމެވި ކަމެއް ކަމަށެވެ.

އަޅުގަނޑު މިހާރު އަންގާފައިވާނެ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި އެކި އެކި މިނިސްޓްރީތަކުން 228 ސިޔާސީ މީހުން ވަކިކުރަން.

އެގޮތުން މަދު ކުރުމަށް ނިންމަވާފައިވާ މަގާމުތަށްވެސް ރައީސް ވަނީ ޕޯސްޓްގައި ހިމަނާފަ އެވެ.

މަދު ކުރާ މަގާމުތައް:

  • ސްޓޭޓް މިނިސްޓަރުން: 7
  • ޑެޕިއުޓީ މިނިސްޓަރުން: 43
  • ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން: 109
  • ޕޮލިޓިކަލް ޑިރެކްޓަރުން: 69

މި ނިންމެވުމުގެ ސަބަބުން ދައުލަތަށް މަހަކު 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ