ރާއްޖޭގެ އިގްތިސޯދު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުން ގައުމަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު އަބްދުލް ގާދިރު ވިދާޅުވެއްޖެ އެވެ.
މުފީދު މިހެން ވިދާޅުވީ، މުދަލާއި ޚިދުމަިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރަށްވަމުންނެވެ.
މުފީދު ވިދާޅުވީ، ސަރުކާރަށް ފާޑުކިޔުމުގެ ބަދަލުގައި، ގައުމު ތަރައްގީކުރުމުގެ މަޝްރޫއުތަކަށް އަހަންމިއްޔަތުކަން ދޭންޖެހޭ ކަމަށެވެ.
މުފީދު ވިދާޅުވި ގޮތުގައި ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވުމުން، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް ފަސޭހަވާނެ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިން އަލުން ތަމްރީނު ކުރުމާއި، ރާއްޖޭގެ ފަތުރުވެރިކަން ޕްރޯމްޓްކުރުމަށް ކުރަންޖެހޭ ކަންކަމަށްް ބޭނުންވާ ފައިސާއާ ޤާބިލްކަން ދައުލަތަށް ލިބޭނެ ކަމަށް މުފީދު ވިދާޅުވި އެވެ.
”އަޅުގަނޑުމެން މިކުރާ ކަންތަކުން ގައުމަކަށް ގެންލުމެއް ނުވާނެ އިރާދަ ކުރެއްވިއްޔާ. އަޅުގަނޑުމެންނަކީ ތެދުވެރި އިހުލާސްތެރި ކަމާއި އެކުގައި މަސައްކަތްކުރާ ބައެއް. އަޅުގަނޑުމެން އަޑު އެހީމު، މީގެ ކުރީ އަހަރުތަކުގައި ފުދުންތެރި ނަޒާހަތްތެރި، ފަރުދުން ބިނާ ކުރުމަށްޓަކައި އަތުކުރި އޮޅާލި ވާހަކަ. އެކަމަކު ދިޔާއީ ޗޮކުން، ޤައުމަކަށް އައި އެއްވެސް އާރޯ ކަމެއް ނެތް، ޤައުމު ދިޔައީ ފަނާ ވަމުން، މާލީ ސިޔާސަތު ދިޔާއީ ވަޅު ޖަހަމުން، މި ޤައުމަކަށް ލިބުނު އެއްވެސް އާރޯ ކަމެއް ނެތް.“
މުފީދު އިތުރަށް ވިދާޅުވި ގޮތުގައި މި ވަގުތަކީ ގައުމާއި ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް ޤައުމު އާރާސްތު ކުރަންވީ ވަގުތު ކަމަށެވެ. އެގޮތުން، ޓެކްސްގެ ނިޒާމާއި އުސޫލުތައް ހަރުދަނާކުރުން މުހިންމުކަމަށާއި، ސަރުކާރުން ކުރަމުން އަންނަނީ އެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅާފައިވަނީ ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް 17 އިންސައްތައަށް އިތުރު ކުރުމަށެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅާފައިވަނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް އެވެ.
މި އިސްލާހުގައި ވަނީ އަންނަ އަހަރުގެ މޭ 31 ގެ ނިޔަލަށް މިހާރުވެސް ޓީޖީއެސްޓީ ނަގަމުން އަންނަ މިންވަރުކަމަށްވާ 16 އިންސައްތައިގައި ހިފެހެއްޓުމަށް ފަހު ޖޫން 1، 2025 އިން ފެށިގެން އެ އަދަދު 17 އިންސައްތައަށް ބަދަލު ކުރުމަށެވެ.
ރައްޔިތުންގެ މަޖިލިސް މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު އަބްދުލް ގާދިރު