ކުޑަކުއްޖަކު އަތަށް ސައިކަލްގެ ކޮންޓްރޯލް ދިން މީހާގެ މައްސަލަ ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުޑަކުއްޖަކު އަތަށް ސައިކަލްގެ ކޮންޓްރޯލް ދިން މީހާގެ މައްސަލަ ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވައިފި ކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފި އެވެ.

މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މި މައްސަލައިގައި ހިމެނޭ މީހާ ޓްރެފިކް ގާނޫނާއި ހިލާފުވެފައިވާތީ އޭނާގެ މައްޗަަށް އެ ގަވާއިދާއި އެއްގޮތަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ. މި މައްސަލަ ފެންމަތިވެފައިވަނީ އޮކްޓޫބަރު 10 ގަ އެވެ.

”މި މައްސަލައިގައި ހިމެނޭ މީހާ ޓްރެފިކް ގާނޫނާއި ހިލާފުވި މައްސަލައިގައި ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަށް މިއަދު ވަނީ ފޮނުވާފަ“

ފުލުހުން މިހެން ބުނެފައިވާއިރު ކުޑަކުއްޖަކާ ސައިކަލް ދުއްވަން ހަވާލުކުރި މި މައްސަލަ، ކުއްޖާ ނުރައްކަލަށް ހުށަހެޅި މައްސަލައެއްގެ ގޮތުގައި ފުލުހުންގެ މުއައްސަސާއިން މީގެ ކުރިން ތަހުގީގުކޮށްފައި ވެއެވެ.

ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެމުން ބުނީ، މި މައްސަލައިގައި ހިމެނޭ މީހާ ހާޒިރުކޮށް އޮކްޓޫބަރު 11 ގައި އޭނާއާއި ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ގަސްތުގައި ކުޑަކުއްޖަކު ނުރައްކަލަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާނެ ކަމަށް އެދުވަހު ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ސިނަމާލެ ބްރިޖާ ގުޅިފައިވާ ހައިވޭގަ އެވެ. އެގޮތުން އެ މަގުގައި ސައިކަލް ދުއްވަމުންދިޔަ ފިރިހެނަކު ތުއްތު ކުއްޖެއްގެ އަތަށް ސައިކަލުގެ ކޮންޓްރޯލް ދީފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.

މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާކަން ފާހަގަކުރެވެ އެވެ. އެ ވީޑިއޯ ނަގާފައިވަނީ ސައިކަލުގެ ފަހަތުން ދުއްވަމުންދިޔަ ކާރަކުން ކަމަށް ބެލެވެ އެވެ. ވީޑިއޯގައި ފެންނަނީ ސްކޫލު ޔުނީފޯމު އެޅި ފިރިހެން ކުއްޖަކު ސައިކަލުގެ ކުރިމަތީގައި ހުރެ ހުންގާނުގައި ހިފަހައްޓައިގެން ހުރި މަންޒަރެވެ. ސައިކަލް ދުއްވަން ހުރި ފިރިހެން މީހާ ހުރީ އެއް އަތުން ހުންގާނު ދޫކޮށްލައިގެން ނެވެ.

މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވެ އެވެ. އަދި މިފަދަ އަމަލުތަކަކީ ދުއްވާ އެއްޗެހީގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާނެ ކަންކަން ކަމަށާއި، މިފަދަ ޢަމަލުތަކުން ދުރުހެލިވުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ