ޔޫއެންއާރްޑަބްލިއުއޭ އޮފީސް ބޭންކުރަން ނިންމި ނިންމުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އާބާދުވުމުގެ ބޭނުމުގައި އިރުމަތީ ގުދުސްގައި ހުންނަ ޔުނައިޓެޑް ނޭޝަންސް ރިލީފް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (ޔޫއެންއާރްޑަބްލިއުއޭ) ގެ މައި އޮފީސް ހިފެހެއްޓުމަށް އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ނިންމި ނިންމުން ދިވެހިި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

މިއަދު ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ދިވެހި ސަރުކާރުން މި އަމަލު ކުށްވެރިކޮށްފައިވަނީ އިޒްރޭލުން އިއްޔެ ފާސްކުރަން މަޖިލީހަށް ހުށަހެޅި ބިލަކާއި ގުޅިގެން ނެވެ. މި ބިލްގައި ވަނީ ފަލަސްތީނުގައި ހުންނަ ޔޫއެންއާރްޑަބްލިއުއޭ ބޭން ކުރަން ނިންމާފަ އެވެ.

ގަވާއިދާ ހިލާފަށް ފަލަސްތީނުގައި އިޒްރޭލު މީހުން އާބާދުކުރުމާއި، އޭޖެންސީތަކާއި އެގައުމުގެ ރިލީފް ޖަމިއްޔާތައް ނައްތާލުމާއި، އެހީދޭ ފަރާތްތަކަށް ހުރަސްއެޅުމާއި ހަމަލާދިނުމުގެ ގާނޫނާ ހިލާފު އަމަލު ހިމެނޭ ގޮތަށް އިޒްރޭލުން މެދުނުކެނޑި ހިލާފުވަމުންދާ ދިއުމަށް ރާއްޖެއިން ދެކޮޅު ހަދަ އެވެ. މި އަމަލުތަކުގެ ސަބަބުން އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާއި ފަލަސްތީނުގެ އަސާސީ ހައްގުތައް ހާސިލްކުރުމަށް ހުރަސްއެޅޭ ކަމުގެ އިތުރުން ދެމިއޮންނަ ސުލްހައަށް އޮތް ހަމައެކަނި މަގަށް ބުރޫއަރާ ކަމަށް ވެސް ދިވެހި ސަރުކާރުން ބުންޏެވެ.

ގައްޒާގައި ނިމިދިޔަ އަހަރުގެ އޮކްޓޫބަރުން ފެށިގެންި ހުއްޓުމެއްނެތި ހަނގުރާމަކުރަމުންދާ ދަތި ދަނޑިވަޅުގައިވެސް ފުރާނަ ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ޔޫއެންއާރްޑަބްލިއުއޭ އަށް ރާއްޖެއިން ވަނީ ތައުރީފުކޮށްފަ އެވެ.

ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކޮށް، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ގައިރު ގާނޫނީ އަމަލުތަކުގެ ޒިންމާ، އަވަސް އަދި ފައިދާހުރި ގޮތެއްގައި ކަށަވަރުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް މި ބަޔާނުގައި ގޮވާލާފައި ވެއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ