އެއާޕޯޓުގެ ލަގެޖު އުފުލާ އުޅަނދެއް އެކްސިޑެންޓްވެ މީހަކު މަރުވެއްޖެ

Advertisement

އެންމެ ފަސް

Advertisement

އެއާޕޯޓުގެ ލަގެޖު އުފުލާ އުޅަނދު އެކްސިޑެންޓް ދުއްވަން އިން މީހާ މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެއާޕޯޓް ލަގެޖު އުފުލާ އުޅަނދެއް ދުއްވާފައި ދަނިކޮށް ލައިޓާއި ކެމެރާ ހަރުކޮށްފައިވާ ސްޓްރަކްޗާގެ ބުޑުގަނޑުގައި ޖެހިފައިވާ ކަމަށެވެ. އަދި އުޅަނދު ދުއްވަން އިން މީހާ ކްލިނިކަށް ގެންދެވުނުކަމަށްވެސް ފުލުހުން ބުންޏެވެ. އެއަށްފަހު އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. މި މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 9:28 ގައި ކަމަށް އެ ހިދުމަތުން ބުނެ އެވެ.

ވެހިކަލް ދުއްވަން އިން މީހާ ކްލިނިކަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް މައުލޫމާތު ދީފައިވޭ.

ފުލުހުން ބުނީ އައިޖީއެމްއެޗްއަށް އޭނާ ގެންގޮސް އިތުރަށް ބަލާ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށް އައިޖީއެމްއެޗްއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މަރުވެފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

އައިޖީއެމްއެޗް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ