އުރީދޫގެ 6 މުވައްޒަފުންނަށް ހާވާޑް ޔުނިވާސިޓީ އިން ތަމްރީން ދީފި

Advertisement

އެންމެ ފަސް

Advertisement

އުރީދޫގެ 6 މުވައްޒަފުންނަށް ހާވާޑް ޔުނިވާސިޓީ އިން ތަމްރީން ދީފި އެވެ.

އުރީދޫ އިން ބޭއްވި ހަފްލާއެއްގައި ވަނީ އެ ކުންފުނީގެ 6 މުއައްޒަފަކަށް ހާވާޑް ޔުނިވާސިޓީން ދުނިޔޭގެ ފެންވަރުގެ ތަމްރީނު ދިނުން ފާހަގަކޮށްފަ އެވެ.

އެކުންފުނިން ވަނީ ހާވާޑް ޔުނިވާސިޓީއާއި ގުޅިގެން ކޮންމެ އަހަރަކު ދެ މުއައްޒަފުންނަށް ތަމްރީނުދީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ހަ މުއައްޒަފަކު ދުނިޔޭގެ ފެންވަރުގައި ތަމްރީނު ކޮށްފަ އެވެ.

މިއީ އުރީދޫ އިން 2021 ގައި ފެށި ޕްރޮގްރާމެކެވެ. ހާވާޑް ޔުނިވާސިޓީއަކީ މިދިޔަ އަހަރުގައި ދުނިޔޭގެ ދެވަނައަށް އެންމެ ފެންވަރު ރަނގަޅު ޔުނިވާސިޓީގެ ގޮތުގައި ރޭންކް ކުރެވިފައިވާ ޔުނިވާސިޓީއެކެވެ. އެހެންކަމުން އުރީދޫގެ 6 މުވައްޒަފުންނެއް ބައިވެރިވި ޕްރޮގްރާމްގެ ޒަރީޔާއިން ލީޑާޝިޕްގެ ހުނަރުތައް ފެންވަރު ރަނގަޅުގޮތެއްގައި ހާސިލްކުރެވިފައިވާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ މުވައްޒަފުންގެ ހުނަރުތައް ތަރައްގީކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެއީ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ. ރާއްޖޭގައި މިފަދަ ފުރުސަތުތައް ހޯދަން މަސައްކަތްކުރުމަކީ ލިބޭ ފަހުރެެއް ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

އުރީދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ