ސައުދީގެ އެމްބެސެޑަރަކަށް ސަރީރު

Advertisement

Advertisement

އެންމެ ފަސް

Advertisement

ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާ އާ ސަފީރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރުގެ ނަން މަޖިލީހަށް ފޮނުއްވައިފި އެވެ.

މަޖިލީހުން މިއަދު ވަނީ ސަރީރުގެ ނަން ރިވިއު ކުރުމަށް ފޮރިން ސާވިސަސް ކޮމިޓީއަށް ފޮނުއްވައިފަ އެވެ.

ސަރީރު މިހާރު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމުގަ އެވެ. އޭގެ ކުރިން ސައުދީ އަރަބިއްޔާގައި އޭޝިއާ ޑިރެކްޓަރ ފޯ ދަ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މަގާމުގައި ހުންނެވި އިރު، ދައުރު ނިމުމުން އެނބުރި ރާއްޖެއަށް ވަޑައިގެންނެވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޮރިން ސެކްރެޓަރީގެ މަގާމަށް ސަރީރު އައްޔަން ކުރެއްވި އެވެ. މީގެ ކުރިން އޭނާ ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން އދ. އަށް ކަނޑައަޅާފައިވާ  ދާއިމީ މަންދޫބުގެ މަގާމު އަދާކުރައްވާފަ އެވެ.

އޭނާ ވަނީ އެމެރިކާގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމުވެސް ފުރުއްވާފަ އެވެ.

ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ފޮރިން ޑިޕްލޮމެސީގެ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން ގިނަ އަދަދެއްގެ ޑިޕްލޮމެޓިކް މިޝަންތަކުގައި އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެއްވެސް މެއެވެ.

އޭނާ ފުރުއްވާފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި ބަންގްލަދޭޝްގެ ހައިކޮމިޝަނަރު، ސްރީ ލަންކާގައި ހުންނަ މޯލްޑިވްސް ހައި ކޮމިޝަންގެ ތާޑް ސެކްރެޓަރީ އަދި އދ. ގައި ހުންނަ މޯލްޑިވްސް ޕަރމަނަންޓް މިޝަންގެ ސެކަންޑް ސެކްރެޓަރީކަން ހިމެނެ އެވެ.

އަދި ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް އަންޑަ ސެކްރެޓަރީ، އެސިސްޓެންޓް ޑިރެކްޓަރ، ފޮރިން ރިލޭޝަންސް، ޑެޕިއުޓީ ޑިރެކްޓަރ، ޑިރެކްޓަރ، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް އަދި ޑިރެކްޓަރ ޖެނެރަލްގެ މަގާމުވެސް އަދާކުރެއްވި އެވެ.

ސައުދީ އަރަބިއްޔާގައި ހުންނަވާ އެމްބެސެޑަރުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން ކުރިން ފާސްކުރި ނަމަވެސް ފަހުން އޭނާ ވަނީ ޕާކިސްތާނުގައި ހުންނަވާ ދިވެހި ސަފީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންފަ އެވެ.

ރާއްޖެ - ސައުދީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ