ރިޔާސީ އިންތިހާބުގެ ދެ ބުރު ބާއްވަން ނުޖެހޭގޮތް ހަދަން ތާއީދުކުރަން: ފުއާދު

Advertisement

Advertisement

އެންމެ ފަސް

Advertisement

ރިޔާސީ އިންތިހާބުގެ ދެ ބުރު ބާއްވަން ނުޖެހޭގޮތަށް، އެ އިންތިހާބުގެ އެއް ބުރު ބާއްވާ ހިޔާލަށް ތާއީދު ކުރައްވާ ކަމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ފުވާދު މިގޮތަށް ވިދާޅުވީ އާދީއްތަ ދުވަހު ”ޖަވިޔަނި“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

މި އިންޓަވިއުގައި ވާހަކަދައްކަވަމުން ފުވާދު ވަނީ ވަރަށް ގިނަ ގައުމުތަކުގައި ޕްރިފެރެންޝަލް ވޯޓިން ސިސްޓަމް ނުވަތަ ރޭންކްޑް ވޯޓިން އުސޫލުން ވޯޓު ލާ ހަދާކަން ފާހަގަކުރައްވާފަ އެވެ. ރޭންކްޑް ވޯޓިން އަކީ ވޯޓުލާ މީހުންގެ ތަރުތީބުން ކެންޑިޑޭޓުންނަށް އެއް ވަނައެއް ނުވަތަ އެތައް ވަނައެއް ހޮވުމަށް ބޭނުންކުރާ ވޯޓިން ނިޒާމެކެވެ. މި ނިޒާމަކީ އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ބޭނުންކުރާ ވޯޓިން ނިޒާމެކެވެ.

ތާރީހު ދައްކާ ގޮތުންނަމަ ގިނަ ފަހަރާއި ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 2 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރެއްވުމުން ވޯޓުތައް އެ ކެންޑިޑޭޓުންގެ މެދުގައި ބައިބައިވެގެންދެ އެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ ރިޔާސީ އިންތިހާބެއްގެ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 51 އިންސައްތަ އަގުލަބިއްޔަތު ނުލިބުމުގެ ސަބަބުން ދެވަނަ ބުރަކަށް އިންތިހާބު ބާއްވަން ޖެހެ އެވެ. އެއީ ވަރަށް ހަރަދުބޮޑު ކަމަކަށްވުމުގެ އިތުރުން ވޯޓުލާ މީހުންނަށްވެސް ދިމާވާ ތަކްލީފެއްކަން ފުވާދު ފާހަގަކުރެއްވި އެވެ. އަދި ގިނަ މީހުން ފުރަތަމަ ބުރުގައި ވޯޓުލާން ނުގޮސް ދެވަނަ ބުރުގައި ވޯޓުލާން މަޑުކުރާކަން ފުވާދު އަރިހުގައި ބުނާ ކަންވެސް ފާހަގަކުރެއްވި އެވެ.

”ވަކިން ހާއްސަކޮށް ރާއްޖެއިން ބޭރުގަޔާއި ރިޒޯޓް މީހުންނަށް އަނެއްކާ ދަތުރުކޮށްފަ ވޯޓު ފޮށި ހުންނަ ހިސާބަށް އަންނަން ޖެހޭތީވެސް ކުޑަކޮށް ވޯޓުލުމަށް ދަތިވާކަމެއް. އެހެންވީމާ އެއީ އެއްބުރުން ނިންމާލެވޭ ކަމެއް ކަމަށްވާނަަމަ ވަރަަށް ގިނަ މީހުން ފުރަތަމަ ބުރުގައި ވޯޓުލާން ދާނެ“

އެހެންކަމުން، މިހާތަނަށް ރާއްޔިތުންެގެ މަޖިލީހުގެ އެކި ދައުރުތަކުގައި މިކަމަށް ހައްލެއް ގެނައުމަށް އީސީ އިން މަޝްވަރާކުރި ނަމަވެސް، އެ މަޝްވަރާތަކުން ކުރި ލިބިފައިނުވާ ކަމަށް ފުވާދު ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގެންނެވި އެތައް ބޭފުޅުންގެ އަރިހުގައިވެސް މި ވާހަކަ ނަންގަނެފައިވާ ކަމުގައި ފުވާދު ހާމަކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ފުއާދު ތައުފީޤް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ