ވޭޕް އޮއިލްގެ ނަމުގައި އެތެރެކުރަން އުޅުނު ކެނެބިސް ޝިޕްމަންޓެއް އަތުލައިގެންފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ވޭޕް އޮއިލްގެ ނަމުގައި ރާާއްޖެ އެތެރެކުރަން އުޅުނު ކެނެބިސް ޝިޕްމަންޓެއް ކަސްޓަމްސްއިން އަތުލައިގަތްކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން މިއަދު ހާމަކުރައްވައިފިއެވެ.

މިނިސްޓަރ އިހްސާން މިކަން ހާމަކުރެއްވީ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގަ އެވެ.

މިނިސްޓަރު އިހްސާން އިތުރަށް ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒު އިއްޔެ ވޭޕް މަނާކުރުމަށް ނިންމެވީ މިފަދަ ސަބަބުތަކާ ހުރެ ކަމަށެވެ.

”ސްކޫލްތަކުގައި ކިޔަވާ ކުދިންނަށް މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުވާލައިގެން ދެމުންދާކަން ވަނީ ފާހަގަކުރެވިފައި،“ އިހްސާން އެކްސްގައި ވިދާޅުވިއެވެ. ނަމަވެސް، އަތުލައިގަތް ޝިޕްމަންޓާ ގުޅޭ އިތުރު ތަފްސީލެއް އިހްސާން ނުދެއްވަ އެވެ. އަދި ފުލުހުންނާއި ކަސްޓަމްސްއިން ވެސް މިކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ރައީސް މުއިއްޒުގެ އިއްޔެގެ ނިންމެވުމާ އެކު، އަންނަ 15 ނޮވެމްބަރުން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މަނާކުރެވޭނެ އެވެ. އަދި އަންނަ 15 ޑިސެމްބަރުން ފެށިގެން ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން މަނާކުރެވޭނެ އެވެ.

ރައީސް މުއިއްޒު އެމަނިކުފާނުގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވޭޕް މަނާކުރި ސަބަބުތައް ހާމަކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި، މިދިޔަ އަހަރުތަކުގައި އެއްވެސް ސަރުކާރަކަށް ވޭޕް ރެގިއުލޭޓް ކުރެވިފައި ނުވާކަމާއި، ޒުވާނުންނާއި ކުޑަކުދިން ވޭޕް ބޭނުންކުރާ މިންވަރު ކަންބޮޑުވާ މިންވަރަކަށް މިފަހުން އިތުރުވެފައިވާކަން ފާހަގަކުރައްވާފައިވެ އެވެ. އަދި އެކަމުގެ ސަބަބުން ސިއްހީ ނުރައްކާތަކަށް އަންނަނީ ހުށަހެޅެމުންކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަސްޓަމްސް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ