ޒުވާނުންނާއި ޅަ ދަރިންގެ މުސްތަގުބަލައްޓަކައި ރައީސް ނިންމެވި ނިންމެވުމަށް ޝުކުރިއްޔާ: ޝަމްއާން

Advertisement

Advertisement

އެންމެ ފަސް

Advertisement

ޒުވާނުންނާއި ޅަ ދަރިންގެ މުސްތަގުބަލައްޓަކައި ވޭޕް މަނާ ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ޝުކުރު އަދާކުރައްވައިފި އެވެ.

ޝަމްއާން ރައީސް މުއިއްޒަށް ޝުކުރު އަދާ ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ޝަމްއާން ވަނީ މުޖުތަމައުގެ ދުޅަހެޔޮކަމާއި ސިއްހަތު އެންމެ ފުރިހަމައަށް ރައްކާތެރި ކުރެއްމަށް ނިންމެވި މުހިއްމު ނިންމެވުމަށް އެންމެހާ ފަރާތްތަކުން އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ.

އަޅުގަނޑުމެންގެ ޅަ ދަރީންނާއި ޒުވާނުންގެ މުސްތަޤުބަލަށްޓަކައި ރައީސްގެ މި ނިންމެވުމަށް ޝުކުރު ދަންނަވަން. މުޖުތަމައުގެ ދުޅަހެޔޮކަމާއި ސިއްހަތު އެންމެ ފުރިހަމައަށް ރައްކާތެރި ކުރެއްމަށް ނިންމެވި މުހިއްމު ނިންމެވުމަށް އެންމެހާ ފަރާތްތަކުން އެއްބާރު ލެއްވުން ދެއްވަމާ.

ރާއްޖޭގައި ވޭޕް ކުރުން މާނަ ކުރަން ނިންމެވިކަން ރައީސް އިޢުލާނުކުރެއްވީ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސްގެ ނިންމެވުމާ އެއްގޮތަށް، 2024 ވަނަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މަނާވާނެ އެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުންވެސް މަނާވާނެ އެވެ.

ރައީސް މުޢިއްޒު ވިދާޅުވީ މި ނިންމެވުން ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

މި ނިންމެވުމަކީ ރާއްޖޭގައި އިތުރުވަމުންދާ ވޭޕްކުރުމުގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.

މި ނިންމެވުމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ބެލެވެ އެވެ. އަދި މި މަނާކުރުން ތަންފީޒުކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑު ވުޖޫދަށް ގެނައުމަށް މަސައްކަތްކުރާނެ ކަމަށްވެސް ލަފާކުރެވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މުހައްމަދު ޝަމްއާން ވަހީދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ