އއ. ގަންގެހި ރިސޯޓް ބޭރަށް ސްނޯކަލިންއަށް ނިކުމެ އުޅުނު ޗައިނާ ރައްޔިތެއް މަރުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތުން ބުނީ ރިސޯޓް ބޭރަށް ސްނޯކަލިންއަށް ނިކުމެ އުޅުނު ފަތުރުވެރިޔަކު މަރުވިކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި އެ ފަތުރުވެރިޔާ މަރުވިކަމަށް ރިޕޯޓްކޮށްފައިވަނީ ހެނދުނު 11:22 ހާއިރުކަމަށް ފުލުހުން ބުންޏެވެ.
”ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާ ކަމަށް ހެލްތް ސެންޓަރުން ފުލުހުންނަށް މައުލޫމާތުދީފައިވޭ“
މި މީހާއަކީ އއ. ރަސްދޫ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޗައިނާގެ އުމުރުން 27 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ނެވެ.