ކެފޭ އުސޫލުން ޑްރަގު ވިޔަފާރިކުރަމުންދިޔަ ތަނަކުން 2 މީހަކު ހައްޔަރުކޮށްފި

Advertisement

އެންމެ ފަސް

Advertisement

ކެފޭ އުސޫލުން ޑްރަގުގެ ވިޔަފާރިކުރަމުން ދިޔަ ތަނަކުން 2 މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ، ގ. ޕާކަރުހައުސް، އަބްދުﷲ ޖިނާހު (28އ) އާއި މ. ރޫބީ ހުސައިން ނިޔާޒު (35އ) އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ އާއްމުކުރި ކޯޓު އަމުރުގައި ބުނެފައި ވަނީ، އެ ދެމީހުން ކުށްކުރި ކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހެޅިފައިވާ ކަމަށެވެ.

އަދި އެމީހުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

އެ ދެ މީހުންގެ 7 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއްކަމަށް ކޯޓުއަމުރުގައި ވަނީ، މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅުންހުރި ރެކޯޑް ހިމެނޭތީ އާއި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާކަމުގެ ތުހުމަތުކުރެވޭތީ އެވެ.

ކްރިމިނަލް ކޯޓު ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ