ދިވެހި ފުލުހުންގެ ހިދުމަތުގެ ސައިބަރ ކްރައިމް ސެންޓަރުގެ މީސްމީޑިއާ މަންސަތައް ތައާރަފުކޮށްފި އެވެ.
ފުލުހުންގެ ހިދުމަތުން މިކަން ހާމަކޮށްފައި ވަނީ، އެ އިދާރާގެ ވެބްސައިޓުގައި ޝާއިރުކުރި ހަބަރެއްގަ އެވެ.
ސައިބަރ ކްރައިމް ސެންޓަރުން ތައާރަފުކޮށްފައި ވަނީ ޔޫޓީއުބް ޗެނަލް، ޓިކްޓޮކް، ފޭސްބުކް އަދި އިންސްޓަގްރާމް ގައެވެ.
ސައިބަރ ކްރައިމް ސެންޓަރުގެ މީސްމީޑިއާ މަންސަތައް މެދުވެރިކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ތަފާތު މައުލޫމާތު ހިއްސާކުރާނެ ކަމަށްވެސް ފުލުހުންގެ އިދާރާއިން ބުނެ އެވެ.
އެގޮތުން، ސައިބަރ ކްރައިމް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށް މަސައްކަތްކުރާނެ ގޮތާއި، މިފަދަ ކުށްތައް ކުރާ މީހުން ބޭނުންކުރާ އެންމެ ފަހުގެ އުކުޅުތަކުގެ މައުލޫމާތު ވީޑިއޯ އަދި ޕޯސްޓުތައް މެދުވެރިކޮށް ހިއްސާކުރާނެ ކަމަށްވެސް ފުލުހުންގެ ހިދުމަތުން ބުނެ އެވެ.
އޮކްޓޫބަރު މަހަކީ އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ބައިނަލްއަގުވާމީ މަހުގެ ގޮތުގައި ފާހަގަކުރާ މަހެވެ.