އިސްލާމީ މަރުކަޒުގެ މުންނާރުގެ ތިރީގައި ހުންނަ މަސްފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ފަށައިފި ކަމަށް އެކުންފުނީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ފަހުމީ މިގޮތަށް ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
”މި މުހިންމު ބިނާ ކުރީގެ ޝަރަފަށް ގެނެސް، މުޖުތަމައު އަށް އޭގެ ތާރީހީ އަދި ސަގާފީ މުހިންމުކަން ދަމަހައްޓައިދިނުމަށް ސްޓެލްކޯއިން ވައުދުވަން“
އިސްލާމީ މަރުކަޒުގެ މުންނާރުގެ ތިރީގައި އޮންނަ މަސްފެންގަނޑު މަރާމާތުކޮޮށްދޭން ސްޓެލްކޯ އިން ޝައުގުވެރިކަން ފާޅުކުރިކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ހާމަކުރެއްވީ އޮކްޓޫބަރު 8 ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އިސްލާމީ މަރުކަޒަށް 40 އަހަރު ފުރޭތީ މަސްފެންގަނޑެއް ހަދަން އިސްލާމިކް މިނިސްޓްރީން އިއުލާންކުރީ މި މަހުގެ 2 ވަނަ ދުވަހު އެވެ.
ނަމަވެސް ފަހުން މިނިސްޓަރ ޝަހީމް “އެކްސް” ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އިގްތިސޯދީ ހާލަތު ދަށްވުމުން މިނިސްޓްރީން އިސްލާމީ މަރުކަޒުގެ މަސް ފެންގަނޑު މަރާމާތު ނުކުރަން ނިންމައިފައިވާ ކަމަށެވެ.
އެހެންކަމުން، މި ވަގުތު އެ ބާވަތުގެ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާ ކަމަށް ބުނެ މިނިސްޓްރީން ވަނީ އެ އިއުލާން ބާތިލުކޮށްފަ އެވެ.
މި މަސްފެންގަނޑަކީ މަރުކަޒު ބިނާކުރި އިރުން ފެށިގެން މުންނާރު ތިރީގައި އޮތް ފެންގަނޑެކެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ސްޓެލްކޯ