އެއާޕޯޓްތަކުން ނަގާ ޓެކުހާއި ފީ ބޮޑު ކުރަނީ، ދިވެހިންގެ އަތުން ނަގާ ޓެކުހާއި ފީވެސް ހިމެނޭ

Advertisement

Advertisement

އެންމެ ފަސް

Advertisement

އެއާޕޯޓުތަކުން ނަގާ ޓެކުހާއި ފީ ބޮޑު ކުރުމަށް ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބެވެ. މި އިސްލާހުގެ ފުރަތަމަ ކިޔުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

މި ގާނޫނަށް އިސްލާހު ގެނައުމުގެ ބޭނުމެއްކަމަށް ބުނެފައިވަނީ ފަސިންޖަރުންގެ އަތުން ނަގާ ބައެއް ޓެކުހާއި ފީ އިތުރު ކުރުމެވެ. އެގޮތުން ޑިޕާޗާ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމެންޓް ފީ އިތުރު ކުރުމަށް މި އިސްލާހުގައި ހިމަނާފައިވެ އެވެ. މި ބަދަލަށް އަމަލު ކުރުމަށް އިސްލާހުގައި ބުނެފައިވަނީ ޑިސެންބަރު 1، 2024 އިން ފެށިގެންނެވެ.

ޑިޕާޗާ ޓެކްސް އިތުރު ކުރުމަށް ނިންމާފައިވަނީ އިކޮނޮމީ ކްލާހުގައި ދަތުރުކުރާ ދިވެހިން ފިޔަހާ އެހެން ހުރިހާ އެންމެންގެ އަތުންނެވެ. އެގޮތުން އިކޮނޮމީ ކްލާހުގައި ދަތުރު ކުރާ ދިވެހިންގެ އަތުން ނަގާނީ މިހާރުވެސް ޑިޕާޗާ ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ 12 ޑޮލަރެވެ. އިކޮނޮމީ ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން މިހާރު ނަގަމުން އަންނަ 30 ޑޮލަރު ވަނީ 50 ޑޮލަރަށް އިތުރުކޮށްފަ އެވެ.

ޑިޕާޗާ ޓެކްސްއަށް ގެނެވުނު ބަދަލުތައް:

ދިވެހިން:

  • އިކޮނޮމީ ކްލާސް: ބަދަލެއް ނާދޭ (12 ޑޮލަރު)
  • ބިޒްނަސް ކްލާސް: 60 ޑޮލަރުން 120 ޑޮލަރަށް އިތުރު ކުރުން
  • ފަސްޓް ކްލާސް: 90 ޑޮލަރުން 240 ޑޮލަރަށް އިތުރު ކުރުން
  • ޕްރައިވެޓް ޖެޓް: 120 ޑޮލަރުން 480 ޑޮލަރަށް އިތުރު ކުރުން

ބިދޭސީން:

  • އިކޮނޮމީ ކްލާސް: 30 ޑޮލަރުން 50 ޑޮލަރަށް އިތުރު ކުރުން
  • ބިޒްނަސް ކްލާސް: 60 ޑޮލަރުން 120 ޑޮލަރަށް އިތުރު ކުރުން
  • ފަސްޓް ކްލާސް: 90 ޑޮލަރުން 240 ޑޮލަރަށް އިތުރު ކުރުން
  • ޕްރައިވެޓް ޖެޓް: 120 ޑޮލަރުން 480 ޑޮލަރަށް އިތުރު ކުރު

މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ނަގަމުން އަންނަ ފީވެސް ވަނީ ބޮޑުކުރަން ހުށަހަޅާފަ އެވެ. ނަމަވެސް އިކޮނޮމީ ކްލާހުން ދަތުރު ކުރާ ދިވެހިންގެ އަތުން ނަގާ މިންވަރަށް ބަދަލެއް ނުގެންނަން ވަނީ ނިންމާފަ އެވެ.

އެއާޕޯޓް ޑިވެލޮޕްމެންޓް ފީއަށް ގެނެވުނު ބަދަލުތައް:

ދިވެހިން:

  • އިކޮނޮމީ ކްލާސް: ބަދަލެއް ނާދޭ (12 ޑޮލަރު)
  • ބިޒްނަސް ކްލާސް: 60 ޑޮލަރުން 120 ޑޮލަރަށް އިތުރު ކުރުން
  • ފަސްޓް ކްލާސް: 90 ޑޮލަރުން 240 ޑޮލަރަށް އިތުރު ކުރުން
  • ޕްރައިވެޓް ޖެޓް: 120 ޑޮލަރުން 480 ޑޮލަރަށް އިތުރު ކުރުން

ބިދޭސީން:

  • އިކޮނޮމީ ކްލާސް: 30 ޑޮލަރުން 50 ޑޮލަރަށް އިތުރު ކުރުން
  • ބިޒްނަސް ކްލާސް: 60 ޑޮލަރުން 120 ޑޮލަރަށް އިތުރު ކުރުން
  • ފަސްޓް ކްލާސް: 90 ޑޮލަރުން 240 ޑޮލަރަށް އިތުރު ކުރުން
  • ޕްރައިވެޓް ޖެޓް: 120 ޑޮލަރުން 480 ޑޮލަރަށް އިތުރު ކުރު

ފިނޭންސް މިނިސްޓްރީން ހެދި ކޮސްޓް އެސްޓިމޭޓުގައި ބުނެފައިވަނީ މި ބަދަލުތަކާއެކު ދައުލަތުގެ އާމްދަނީ ތިން އަހަރު ތެރޭގައި ޖުމުލަ 5.39 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ އާމްދަނީ 1.57 ބިލިއަން ރުފިޔާއިން އިތުރުވާއިރު 2026 ވަނަ އަހަރު 1.84 ބިލިއަން ރުފިޔާއިން އިތުރުވާނެ ކަމަށް ބެލެވެ އެވެ. އަދި 2027 ވަނަ އަހަރުގެ އާމްދަނީ 1.98 ބިލިއަން ރުފިޔާއިން އިތުރުވާނެކަމަށް ލަފާ ކުރެވެ އެވެ.

މީގެ އިތުރުން މި ބިލާ ގުޅިގެން އަންނަ އަހަރު ދައުލަތުން އިތުރު ހަރަދެއް ކުރަން ޖެހޭނެކަމަށް ނުބެލޭކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް މިނިސްޓްރީ އޮފް ފިނޭންސް ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ