3 ރަށެއްގެ ޑަބްލިޔުޑީސީ ބައި-އިލެކްޝަން ޑިސެމްބަރުގައި

Advertisement

Advertisement

އެންމެ ފަސް

Advertisement

ތިން ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް އަންނަ ޑިސެމްބަރު މަހު ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ވޯޓުލުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 14 ވާ ހޮނިހިރު ދުވަހުގެ ރޭ 08:00 އިން 16:00 އަށެވެ.

މި ބައި އިލެކްޝަންތައް ބާއްވަނީ ހދ. ކުރިނބީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިން މަގާމާއި، ގދ. ދެއްވަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިން މަގާމާއި، މ.ރަތްމަންދޫގެ އަންހެނުންގެ ކޮމިޓީގެ ދެ މަގާމަކަށް މެންބަރުން އިންތިހާބުކުރުމުގެ ބޭނުމުގަ އެވެ.

މި މަގާމުތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އޮކްޓޯބަރު 29 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް ނަން ހުށަހެޅޭނެ އެވެ. ވޯޓު ގުނަން ފަށާނީ ވޯޓުލުން ނިމޭތާ 30 މިނެޓް ފަހުން ކަމަށާއި އޭގެ ކުޑައިރުކޮޅެއް ފަހުން ރަސްމީ ނަތީޖާ އިއުލާން ކުރާނީ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ކަމަށް ބެލެވެ އެވެ.

މީގެ އިތުރުން ބައި އިލެކްޝަންސްއާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފަ އެވެ. ޝަކުވާ ހުށަހެޅޭނީ ކޮމިޝަނުން އެކަމަށް ކަނޑައަޅާފައިވާ “ޝަކުވާ ފޯމް” ބޭނުންކޮށްގެން ނެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 2022 ވަނަ އަހަރު ގެނައި އިސްލާހާ އެއްގޮތަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ބައި އިލެކްޝަން ބާއްވަނީ އަހަރަކު އެއްފަހަރު އެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) އިލެކްޝަންސް ކޮމިޝަން (އީސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ