ކުރީގެ ފ. އަތޮޅު މެންބަރު އަބްދުލްގަފޫރު އިބްރާހީމް މިއަދު އަވަހާރަވެއްޖެ އެވެ،
ގަފޫރު އަވަހާރަވީ ސްޓްރޯކެއް ޖެހިވަޑައިގެން އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަމުންދަނިކޮށެވެ.
ގަފޫރަކީ އޭގެ ކުރިން ކިޑްނީ ބަލިއަށް ބޭސްކުރައްވަމުން ގެންދެވި ބޭފުޅެކެވެ.
ގަފޫރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވީ 2004 އިން ފެށިގެން 2009 ގެ ނިޔަލަށެވެ.
އަބްދުލްގަފޫރްގެ 3 ބޭފުޅުން އެބަތިއްބެވި އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ސިވިލް ކޯޓުގެ އަންހެން ފަނޑިޔާރެކެވެ.