ދެކުނުގެ 4 އަތޮޅުގެ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނަށް ހާއްސަކޮށް ލީޑަރޝިޕް ޓްރޭނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
އެޑިއުކޭޝަން މިނިސްޓްޜީ އިން މިކަން ހާމަކޮށްފައި ވަނީ އެ އިދާރާގެ ވެބްސައިޓުގައި ޝާއިރު ކޮށްފައިވާ ހަބަރެއްގަ އެވެ.
މި ޕްރޮގުރާމް އަކީ ސިލްސިލާކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ އިތުރުން ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގުރާމްއެކެވެ.
މި ތަމްރީނު ޕްރޮގްރާމްގެ މި ބުރު ކުރިއަށް ދިޔައީ އޮކްޓޫބަރު 12-13 އަށް އައްޑު ސިޓީގެ އައްޑޫ ހައި ސްކޫލުގަ އެވެ. އަދި މި ތަމްރީން ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވީ މެލޭޝިއާގެ ސެގި ޔުނިވަރސިޓީއިން ނެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ، މިއީ ސްކޫލުތައް ހިންގުމުގައި ބޭނުންކުރާ ޒަމާނީ އާ ގޮތްތަކާއި، އާ އީޖާދުތަކާ ގުޅޭ މަޢުލޫމާތު ޕްރިންސިޕަލުންނާ ހިއްސާކޮށް، އަހުލުވެރިކުރުވުމަށްޓަކައި ކުރިޔަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ، މި ތަމްރީނު ޕްރޮގްރާމްގައި ގއ. ގދ. ސ. އަދި ޏ. އަތޮޅުގެ ސްކޫލުތަކުން 30 ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވާ ކަމަށެވެ.