ޓީޖީއެސްޓީ 17 އިންސައްތައަށް، ފުރަތަމަ ހަތް މަހުން 200 މިލިއަން ރުފިޔާ އިތުރުވާނެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް 17 އިންސައްތައަށް އިތުރު ކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅާފައިވަނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް އެވެ. މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވަނީ މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.

ޓީޖީއެސްޓީގެ ގޮތުގައި ނޮވެންބަރު 1، 2014 އިން ފެށިގެން ޑިސެންބަރު 31، 2022 ގެ ނިޔަލަށް ނަގާފައިވަނީ 12 އިންސައްތަ އެވެ. އެއަށްފަހު ޖެނުއަރީ 1، 2023 އިން ފެށިގެން އެ އަދަދު ވަނީ 16 އިންސައްތައަށް އިތުރުކޮށްފަ އެވެ.

މިއަދުގެ ޖަލްސާއަށް ހުށަހެޅި އިސްލާހުގައި ވަނީ އަންނަ އަހަރުގެ މޭ 31 ގެ ނިޔަލަށް މިހާރުވެސް ޓީޖީއެސްޓީ ނަގަމުން އަންނަ މިންވަރުކަމަށްވާ 16 އިންސައްތައިގައި ހިފެހެއްޓުމަށް ފަހު ޖޫން 1، 2025 އިން ފެށިގެން އެ އަދަދު 17 އިންސައްތައަށް ބަދަލު ކުރުމަށެވެ.

މީގެ އިތުރުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ތަސްދީގުކޮށް އަމަލު ކުރަން ފަށާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވައިދުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް ސަރުކާރުގެ ގެޒެޓުގައި ޝާއިރު ކުރަން ވާނެކަމަށްވެސް ބުނެފައިވެ އެވެ.

މަޖިލީހަށް ހުށަހެޅި ބިލުގައި ވަނީ ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކޮސްޓް އެސްޓިމޭޓެއް ހިމަނާފަ އެވެ. އޭގައި ބުނެފައިވަނީ މި ގާނޫނަށް ގެންނަ އިސްލާހުގެ ސަބަބުން އަންނަ އަހަރު ދައުލަތުން އިތުރު ހަރަދެއް ކުރަން ޖެހޭނެކަމަށް ނުބެލެވޭ ކަމަށެވެ.

މި އިސްލާހުތަކާއެކު އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ 201.9 މިލިއަން ރުފިޔާ އިތުރުވާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. މި އިސްލާހު ފާސްވުމުން ޓީޖީއެސްޓީ ބޮޑު ކުރާނީ އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ކަމުން އަންނަ އަހަރު އެ ބަދަލާއެކު އިތުރުވާނީ ހަތް މަހުގެ އާމްދަނީ އެވެ. މީގެ އިތުރުން 2026 ވަނަ އަހަރު 330.8 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށާއި 2027 ވަނަ އަހަރު 538.4 މިލިއަން ރުފިޔާ އިތުރުވާނެކަމަށްވެސް ލަފާކޮށްފައިވެ އެވެ. މިއާއެކު ތިން އަހަރު ތެރޭ ދައުލަތުގެ އާމްދަނީ ޖުމުލަ 1.07 ބިލިއަން ރުފިޔާއިން އިތުރުވާނެކަމަށް ބެލެވެ އެވެ.

ރައްޔިތުންގެ މަޖިލިސް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް މިނިސްޓްރީ އޮފް ފިނޭންސް ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ