ކޫއްޑޫ ރަންވޭގެ ހާލަތު ދެނެގަތުމަށް އެސެސްމެންޓެއް ހަދަނީ

Advertisement

އެންމެ ފަސް

Advertisement

ގއ. ކޫއްޑޫ އެއާޕޯޓުގެ ރަންވޭގެ ހާލަތު ދެނެގަތުމަށް އެސެސްމެންޓެއް ހަދަމުން އަންނަ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ބުނެފި އެވެ.

ކޫއްޑޫ އެއާޕޯޓުގެ ރަންވޭ ހަލާކުވުމުގެ ސަބަބުން، އެތަނަށް ޖައްސާ މަތިންދާބޯޓުތަކަށް ގެއްލުން ލިބޭތީ ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅަކަށްޓަކާ އެ އެއާޕޯޓަށް ކުރާ ދަތުރުތައް މޯލްޑިވިއަން އިން ވަނީ ހުއްޓާލައިފަ އެވެ.

މިކަމާއި ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، އެއާޕޯޓުގެ ރަންވޭގެ މައްސަލައަށް ވަގުތީ ހައްލެއް ގެނެސް، ކުރިއަށް އޮތް 3 ދުވަސް ތެރޭ އެ އެއާޕޯޓަށް ދަތުުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، އެއާޕޯޓުގެ ރަންވޭގެ މެއިންޓެނެންސް ނުހަދާ ހުރިކަން ސިވިލް އޭވިއޭޝަނުގެ އޮޑިޓުތަކުން ފާހަގަވެފައިވާ ކަމަށެވެ.

ސީއޭއޭ އިން ބުނީ، މަދަނީ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗާ އެކަށީގެންވާ ފެންވަރުގައި ބެލެހެއްޓުމަކީ އެ ހިދުމަތް ދިނުމުގެ ހުއްދަ ނަގާފައިވާ ފަރާތުގެ ޒިންމާއެއް ކަމަށެވެ.

ގަވައިދުތަކާއި ސްޓޭންޑާޑްތަކަށް ފެތޭގޮތަށް ހިދުމަތް ކުރިއަށް ގެންދިއުމަށް ރަނގަޅުކުރަން ޖެހޭ ކަންކަން ފާހަގަކޮށް، ހުއްދަ ނަގާފައިވާ އޮޕަރޭޓަރުންނަށް އަންގައި އެކަންކަން ރަނގަޅުކުރުމަށް ވަކި ތާވަލަކާ އެއްގޮތަށް އަމަލު ކުރުމުން ދިއުމަކީ ރޫޓިން މަސައްކަތެއް ކަމަށް ސީއޭއޭ އިން ބުނެ އެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މޯލްޑިވިއަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ