ގްރީން ޓެކްސް ބޮޑުކުރުމުން 3 އަހަރުން ޖުމުލަ 3.4 ބިލިއަން ރުފިޔާ ލިބޭނެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ގްރީން ޓެކްސްގެ ގޮތުގައި ނަގާ މިންވަރު އިތުރު ކުރުމަށް ޓުރިޒަމްއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ސަބަބުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް 3.4 ރުފިޔާ އިތުރު ވާނެކަމަށް އަންދާޒާކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ޓޫރިޒަމްއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން އެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

މުސްތަފާ ހުށަހެޅުއްވި ބިލުގައި ފިނޭންސް މިނިސްޓްރީން ހަދާފައިވާ ކޮސްޓް އެސްޓިމޭޓެއް ހިމަނާފައިވެ އެވެ. އޭގައިވާ ގޮތުން އަންނަ އަހަރުން ފެށިގެން ގްރީން ޓެކްސްގެ ގޮތުގައި ނަގާ މިންވަރު އިތުރު ކުރަން ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ޓޫރިސްޓް ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ފަތުރުވެރިން ހޭދަ ކުރާ ކޮންމެ ދުވަހަކަށް އެ ފަތުރުވެރިއެއްގެ އަތުން މިއަހަރުގެ ޑިސެންބަރު 31 ގެ ނިޔަލަށް 6 ޑޮލަރު ނެގޭއިރު އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އެ އަދަދު ވަނީ ދެ ގުނައަށް ބޮޑުކޮށްފަ އެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން ފަތުރުވެރިއެއްގެ އަތުން ކޮންމެ ދުވަހަކަށް 12 ޑޮލަރު ނެގޭނެކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ މަދު ތަންތަނުގައި ތިބޭ ފަތުރުވެރިންގެ އަތުން މިއަހަރުގެ ނިޔަލަށް ކޮންމެ ދުވަހަކަށް 3 ޑޮލަރު ނެގޭއިރު އަންނަ އަހަރުން ފެށިގެން އެ އަދަދު 6 ޑޮލަރަށް އިތުރު ވާނެ އެވެ.

މި އިސްލާހުގައި ބުނެފައިވަނީ އަންނަ އަހަރުން ފެށިގެން އުމުރުން 2 އަހަރު ނުވާ ކުޑަކުދިން ގްރީން ޓެކްސް ނެގުމުން އިސްތިސްނާވާނެ ކަމަށެވެ.

ގްރީން ޓެކްސް ނެގުމަށް ހުށަހެޅި މި އިސްލާހާއެކު ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ދައުލަތުގެ އާމްދަނީ 3.4 ބިލިއަން ރުފިޔާއިން އިތުރުވާނެކަމަށް ލަފާކޮށްފައިވެ އެވެ. އެގޮތުން އަންނަ އަހަރު ދައުލަތުގެ އާމްދަނީއަށް 963.6 މިލިއަން ރުފިޔާ އިތުރު ވާނެކަމަށް ލަފާކޮށްފައިވެ އެވެ. 2026 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އާމްދަނީއަށް އިތުރުވާ އަދަދުތައް އަހަރަކު 1 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެކަމަށްވެސް ލަފާކޮށްފައިވެ އެވެ. އެގޮތުން 2026 ވަނަ އަހަރު 1.19 ބިލިއަން ރުފިޔާ އަދި 2027 ވަނަ އަހަރު 1.27 ބިލިއަން ރުފިޔާ އިތުރުވާނެކަމަށް ލަފާކޮށްފައިވެ އެވެ.

ޓޫރިޒަމްއާ ބެހޭ ގާނޫނަށް ގެންނަ މި ބަދަލާއެކު ދައުލަތުން އެއްވެސް އިތުރު ހަރަދެއް ކުރަން ނުޖެހޭނެކަމަށްވެސް މި އިސްލާހުގައި ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލިސް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން މިނިސްޓްރީ އޮފް ފިނޭންސް މީރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ