އިންޑިއާ ސަފީރު ކަމަށް އަޒީމާގެ ނަން ފޮނުވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާ ސަފީރު ކަމަށް އައިޝަތު އަޒީމާ އައްޔަނު ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ, އިންޑިއާ ސަފީރު ކަމަށް އަޒީމާ އައްޔަނު ކުރުމަށް ފޮނުވާފައިވާ މައްސަލައިގެ ސިޓީ އިއްވާފަ އެވެ. މި މައްސަލަ ދިރާސާ ކުރުމަށް ވަނި ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

އަޒީމާ ވަނީ 2019 އިން 2023 އަށް ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުވެސް އަދާކުރައްވައިފަ އެވެ. އަޒީމާ މި ވަގުތު ހުންނެވީ ފޮރިން މިނިސްޓްރީގެ މަގާމެއްގަ އެވެ.

އިންޑިއާ ސަފީރުގެ ގޮތުގައި މިހާރު ހުންނެވީ އިބްރާހީމް ޝަހީބު އެވެ. ޝަހީބުގެ ބަދަލުގައި އެ މަގާމަށް އަޒީމާގެ ނަން ހުށަހަޅާފައި ވަނީ ޝަހީބުގެ ސަފީރު ކަމުގެ ދައުރު ހަމަވާތީ އެވެ. ޝަހީބު އިންޑިއާ ސަފީރު ކަމުގެ މަގާމަށް އައްޔަނު ކޮށްފައިވަނީ 20 ނޮވެމްބަރު 2022 ގަ އެވެ. ޝަހީބަކީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީއިން މާސްޓަ އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން ހާސިލުލުކޮށްފައިވާ ބޭފުޅެކެވެ. އޭނާ މީގެ ކުރިން ފުރުއްވާފައިވާ މުހިންމު ބައެއް މަގާމުތަކުގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ޗީފް ޕްރޮޓޮކޯލްގެ މަގާމާއި އެ މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމު ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލިސް ރާއްޖެ - އިންޑިއާ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ