ތިން ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު ބައެއް މިނިސްޓްރީތަކަށް ކަނޑައަޅުއްވާފައިވާ މިނިސްޓަރުންނަށް ބަދަލުގެންނެވުމުން އެ ބޭފުޅުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ތިން ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ މިއަދުގެ ޖަލްސާގައިވަނީ, ދިރާސާ ކުރުމަށް ސަރުކާރު މަސްއޫލިޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ފޮނުވާފަ އެވެ.

ރައީސް މުއިއްޒު, ސެޕްޓެމްބަރު 30 ވަނަ ދުވަހު ބަދަލު ގެންނަވާފައިވަނީ ފިނޭންސް މިނިސްޓަރު, ފޮރިން މިނިސްޓަރު އަދި ހެލްތް މިނިސްޓަރަށެވެ. އެގޮތުން މިނިސްޓާ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް ޑރ. އަބްދުﷲ ޚަލީލް، މިނިސްޓާ އޮފް ފިނޭންސްގެ މަޤާމަށް މޫސާ ޒަމީރު އަދި މިނިސްޓާ އޮފް ހެލްތްގެ މަޤާމަށް އަބުދުﷲ ނާޒިމް އިބްރާހީމް ވަނީ އައްޔަންކުރައްވާފަ އެވެ.

ހެލްތް މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރެއްވި އަބްދުالله ނާޒިމް މީގެކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޓެންޑް އޮން ޕަބްލިކް ޕޮލިސީގެ މަގާމުގަ އެވެ. ފިނޭންސް މިނިސްޓަރަށް އައްޔަނު ކުރެއްވި ޒަމީރު ކުރިން ހުންނެވީ ފޮރިން މިނިސްޓްރުގެ މަގާމުގަ އެވެ. އެމަގާމަށް ޒަމީރު އައްޔަނު ކުރެއްވީ ޑރ. މުހައްމަދު ޝަފީގް ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އަދި ފޮރިިން މިނިސްޓަރަށް އައްޔަނު ކުރެއްވި ޚަލީލް މީގެކުރިން ހުންނެވީ ހެލްތް މިނިސްޓަރުގެ މަގާމުގަ އެވެ.

ޤާނޫނުއަސާސީގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މީހުންގެ ނަންތައް އެމީހުން އައްޔަނު ކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެމަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ