ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ނުދައްކާ 166 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި އެވެ.
މި ލިސްޓުގައި ހިމެނެނީ މިއަހަރުގެ ދެވަނަ ކުއާޓަރާއި ހަމައަށް ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި 100،000 ރުފިޔާއަށް ވުރެ ގިނައިން ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތަކެވެ.
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 166 މީހުންގެ ތެރޭގައި ބޮޑެތި ބައެއް ކުންފުނިތައް ހިމެނެ އެވެ. އެންމެ ބޮޑެތި ބައެއް ރިސޯޓުތަކާއި މަޝްހޫރު ގެސްޓްހައުސްތަކާއި ޓުއާ އޮޕަރޭޓަރުން ވެސް މި ލިސްޓުގައި ހިމެނެ އެވެ.
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ މީހުންގެ ލިސްޓުގައި ފާހަގަކޮށްލެވޭ ބައެއް ނަންތަކުގެ ތެރޭގައި، ކިހާ މޯލްޑިވްސްގެ ވެރިފަރާތް ކަމަށްވާ ކޮރަލް އައިލެންޑް ރިސޯޓްސް ކޮމްޕެނީގެ އިތުރުން ސައުތު ޕާމް ރިސޯޓާއި ވެލިދޫ އައިލެންޑް ރިސޯޓާއި އޭއޭއޭ ރިސޯޓްސްއާއި ސްޓޯން ހޮޓެލްސް އާއި ރާހާ ރިސޯޓާއި ނަޒާކީ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގޮތުގައި ހިންގާ ކުންފުނިތައް
ދާދި ފަހުން މީރާއިން ވަނީ އިންކަމް ޓެކްސް ނުދައްކާ 43 ފަރާތެއްގެ ނަން ވެސް އާންމުކޮށްފަ އެވެ. މި ލިސްޓުގައި ޓޫރިޒަމް އިންޑަސްޓްރީގެ ކުންފުނިތައްވެސް ގިނަ އެވެ.