ވިފާގް، މަންމަ ދިރިއުޅޭ ގެއަށް ދިޔައީ އަމިއްލައަށް ބޭނުންވެގެން: ފުލުހުން

Advertisement

Advertisement

އެންމެ ފަސް

Advertisement

ވިފާގް އިބްރާހިމް އަދުނާން އިންޑިއާއިން މާލެ އައުމަށްފަހު އޭނާގެ މަންމަ ދިރިއުޅޭ ގެއަށް ބަދަލުވީ އަމިއްލައަށް ބޭނުންވެގެންކަމަށް އޭނާގެ މަންމައާއި ބައްޕަވެސް ބުނެފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ ވިފާގްގެ މަރާ ގުޅިގެން މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ފުލުހުން ބުނީ ވިފާގް އިންޑިއާއިން މާލެ ގެނައީ އޭނާގެ ބައްޕަ ކަމަށާއި މާލެ އައިސް ހުރީ ބައްޕަގެ ކައިރީގައި ކަމަށެވެ. އަދި އޭރު އޭނާގެ މަންމަ ހުރީ ބޭސްފަރުވާއަށް މެލޭޝިޔާގައިކަމަށް ފުލުހުން ބުނެ އެވެ.

ވިފާގްގެ ބައްޕަ ކައިރީގައި ހުޅުމާލޭގައި ހުރި ދުވަސްވަރު ހުޅުމާލެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާފައިވާކަން ތަހުގީގަށް ވަނީ އެނގިފަ އެވެ. އަދި ޔޯގާ ތެރަޕީ ނަގާފައިވާ ކަމަށާއި މޫދަށާއި ހިނގަންވެސް ގޮސްފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ. އަދި އެކަންކަމުގެ ސަބަބުން ވިފާގް ހުރީ ވަރަށް ބޮޑަށް ހަމަޖެހިފައިކަމަށް އޭނާގެ ބައްޕަ ބުނެފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ވިފާގްގެ މަންމަ ޒީނަތު މާލެ އައުމާއެކު ވިފާގް އަމިއްލައަށް ޒީނަތު ދިރިއުޅޭ ގެއަށް ބަދަލުވެފައިވާކަމަށް ވިފާގްގެ ބައްޕަ އަދުނާން އާއި މަންމަ ޒީނަތުވެސް ބުނެފައިވާކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގައި ހަގީގަތާ ހިލާފަށް ޗެނަލް 13 އިން ވީޑިއޯ ރިޕޯޓެއް ތައްޔާރުކޮށްފައިވާ މައްސަލައެއް ފުލުހުންގެ ފަރާތުން ބްރޯޑްކާސްޓިން ކޮމިޝަނަށް ވަނީ ހުށަހަޅާފަ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ