ވިފާގްގެ މަންމަ ބުނީ ފުއްމާލީ ކަމެއް ވެއްޓުނީ ކަމެއް ނޭނގޭ ކަމަށް: ފުލުހުން

Advertisement

Advertisement

އެންމެ ފަސް

Advertisement

ވިފާގް އިބްރާހީމް އަދުނާން މަރުވީ ބެލްކަނީ އިން ފުންމާލައިގެން ކަމެއް ނުވަތަ ވެއްޓުމުގެ ހާދިސާއެއްގައި ކަމެއް ނޭނގޭ ކަމަށް އޭނާގެ މަންމަ ބުނެފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފި އެވެ.

ފުލުހުން މިގޮތަށް ބުނީ އޮގަސްޓް 14 ގައި ބެލްކަނީއަކުން ވެއްޓިގެން މަރުވި ވިފާގުގެ މަރާއި ގުޅިގެން މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން ނެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެމުން ފުލުހުން ބުނީ ވިފާގް ބެލްކަނީއިން ވެއްޓުނު ހާދިސާ ދިމާވިއިރު އެއްވެސް ހަމަނުޖެހުމެއް ނުވަތަ ދެބަސްވުމެއް ހިނގާފައިނުވާ ކަމަށް ވިފާގްގެ މަންމަ ބުނެފައިވާ ކަމަށެވެ. ވިފާގްއަކީ ވަރަށް ގިނަ ’ފްލޭވާ‘ ތަކުން ސައިބޯ ކުއްޖަކަށްވުމުން އެ ދުވަހުވެސް އޭނާ ބެލްކަނީގައި ހުރީ ސައިތަށްޓެއް ބޯން ކަމަށް ވިފާގްގެ މަންމަ ބުނެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

”ފެންވަރަން ބުނެ ވާހަކަދައްކާ ހެދުމަށްފަހު ބަދިގޭ ސިންކް ގާތު ހުރެފައި، އެނބުރިދިޔައިރު ވިފާގް ބެލްކަނީ ފާރުމަތީ ކޮޅަށް ހުއްޓާ ފެނުމުން އެދިމާލަށް ދުއްވައިގަތް ވަގުތު ވިފާގް ފުންމާލީއެއް ކަމެއް ނުވަތަ ވެއްޓުނީއެއް ކަމެއް ބުނެދޭން ނޭނގޭ ކަމަށް ޒީނަތު (ވިފާގްގެ މަންމަ)ު ބުނި“

ވިފާގް އިމާރާތަކުން ވެއްޓި މަރުވުމުގެ ހާދިސާ ހިނގާފައިވަނީ އޮގަސްޓް 14 ގަ އެވެ. ފުލުހުން ބުނީ ވިފާގް ވެއްޓުނީ ކަސްޓަމްސް ސަރަހައްދުގައި ހުރި އިމާރާތެއް މަތިން ކަމަށެވެ. ވިފާގް ނިޔާވުމުން އާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސްތަކަށް އިހުތިރާމުކޮށް، ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކަުގައި ދައުރު ނުކުރުމަށް ފުލުހުން އޭރު އިލްތިމާސްކޮށްފައި ވެއެވެ. ނަމަވެސް، ޗެނެލް 13 މީޑިއާއިން މި ހާދިސާއާއި ގުޅުންހުރި ޑޮކިއުމެންޓްރީއެއް ތަފްސީލްކޮށް ގެނެސްދިނުމުން އާއިލާއިން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްދީފައި ވެއެވެ. ވީމާ، އެ މައްސަލަ ވަނީ ބްރޯޑްކާސްޓިން ކޮމިޝަނަށްވެސް ހުށަހަޅާފަ އެވެ.

ވިފާގްއަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ ދޮންދަރިފުޅު އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ