ވިފާގުގެ މަންމަ ގެއިން ފޭބުމަށްފަހު މައްޗަކަށް ނާރާ، ދިޔައީ ހޮސްޕިޓަލަށް: ފުލުހުން

Advertisement

Advertisement

އެންމެ ފަސް

Advertisement

ވިފާގު އިބްރާހިމް އަދްނާނުގެ މަންމަ ގެއިން ފޭބުމަށްފަހު މައްޗަކަށް ނާރާ، ދިޔައީ ހޮސްޕިޓަލަށް ކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފި އެވެ

ފުލުހުން މިހެން ބުނީ މިއަދު އެ ހާދިސާގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެމުން ނެވެ.

ފުލުހުން މިއަދު ބުނެފައި ވަނީ، ސީސީޓީވީ ފޮޓޭޖް ބެލުމުން ވިފާގު ބެލްކަނިން ވެެއްޓުމާއި އެކު 10 ވަނަ ފަންގިފިލައިން 3 މިނެޓު ތެރޭގައި ވިފާގުގެ މަންމަ ފައިބައިގެން އަންނަ މަންޒަރު ފެންނަ ކަމަށެވެ.

ތިރިއަށް ފޭބުމަށްފަހު ވިފާގުގެ މަންމަ އިރުކޮޅެއްގެ ތެރޭގައި އެތާއިން މީހެއްގަ ސައިކަލުފަހަތަށް އަރައިގެން މާފަންނަށް ދާމަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން މިހެން ބުނެފައި ވަނީ، ޓީވީ ޗެނަލްއަކުން ގެނެސްދިން ރިޕޯޓެއްގައި އޭނާގެ މަންމަ ތިރިއަށް ފޭބުމަށްފަހު އޭނާގެ ފޯނު ހިފައިގެން އަލުން މައްޗަށް އެރިކަމަށް ބުނެފައިވާތީ އެވެ. އެގޮތުން، އެ ވާހަކައަކީ އެއްވެސް ހަގީގަތެއް އޮތްވާހަކައެއް ނޫންކަމަށް މިއަދު ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނީ، ވިފާގަކީ ޑިޕްރެޝަނަށް ބޭސް ކުރަމުންދިޔަ ކުއްޖެއް ކަމަށް އޭނާގެ މެޑިކަލް ރިކޯޑުން ހާމަވެގެންދާ ކަމަށެވެ.

ވިފާގު އިމާރާތަކުން ވެއްޓި މަރުވުމުގެ ހާދިސާ ހިނގާފައިވަނީ އޮގަސްޓް 14 ގަ އެވެ. ފުލުހުން ބުނީ ވިފާގު ވެއްޓުނީ ކަސްޓަމްސް ސަރަހައްދުގައި ހުރި އިމާރާތެއް މަތިން ކަމަށެވެ.

ވިފާގު ނިޔާވުމުން އާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސްތަކަށް އިހުތިރާމުކޮށް، ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކަުގައި ދައުރު ނުކުރުމަށް ފުލުހުން އޭރު އިލްތިމާސްކޮށްފައި ވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ