ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ – ޕީޕަލްސް ނޭޝަނަލް ކޮންރެސް (ޕީއެންސީ) އިން މިރޭ ބޭއްވުމަށް ހަމަޖެއްސި ހަރުގެ ޖަލްސާ ކެންސަލްކޮށްފި އެވެ.
ޕީއެންސީން ފުރަތަމަ ބުނި ގޮތުގައި އެޕާޓީގެ ހަރުގެ ޖަލްސާ އޮންނާނީ މިރޭ 20:30 ގައި ކަމަށެވެ. އަދި ހަރުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޕީއެންސީގެ މައި ހަރުގެ ކަމަށްވާ ހ. ވެޔޮވިލާގައި ހިންގަމުން އަންނަ ޕީއެންސީ ހައުސްގަ އެވެ.
ނަމަވެސް ފަހުން ޕީއެންސީން ވަނީ އެ ޖަލްސާ ކެންސަލް ކޮށްފައިވާ ކަން ހާމަކޮށްފަ އެވެ. އަދި އަލުން އެ ޖަލްސާ ބާއްވާނެ ތާރީހެއް ފަހުން ހާމަކުރާނެކަމަށްވެސް އެ ޕާޓީން ބުންޏެވެ.
ޕީއެންސީން ހަރުގެ ޖަލްސާ ނުބާއްވާ ދުވަސްކޮޅެއް ވެފައިވާއިރު، އެ ޕާޓީން އަންނަނީ ޕާޓީގެ މެމްބަރުންގެ އަދަދު އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން އެ ޕާޓީގެ މެމްބަރުންގެ އަދަދު ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް 75،000 އަށް އިތުރުކުރުމަށް އަމާޒު ހިފާ، މުޅި ރާއްޖޭގައި އެ ޕާޓީން އަންނަނީ މެމްބަރުން އިތުރުކުރުމެއް ބޮޑު ހަރަކާތް ހިންގަމުންނެވެ،
ކޮންގްރެސް ޕާޓީ ޕީއެންސީ ހައުސް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު