އެންދެރި މަޝްރޫއުގެ ދަށުން ލާމުގެ 3 ރަށަކަށް 6 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ލ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ހިމެނޭ، މީހުން ދިރިއުޅޭ ތިން ރަށަކަށް އެންދެރި މަޝްރޫއުގެ ދަށުން ޖުމްލަ 6 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި އެވެ.

މި އެހީ ދިނުމަށް ބޭއްވުނު ރަސްމިއްޔާތު އިއްޔެ ބޭއްވުނީ ލ. ފޮނަދޫގަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވީ، މި ގްރާންޓްތަކަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ފައިދާ ފުރިހަމަ ގޮތުގައި ހޯދުމަށް ލިބުނު އަގުހުރި ފުރުސަތެއް ކަމަށެވެ. އަދި މި ގްރާންޓްތައް އަވަސް ގޮތެއްގައި ރަނގަޅަށް ބޭނުންކޮށްފިނަމަ މިފަދަ އެހެން ގްރާންޓްތަކާއި މަޝްރޫއުތަކަށް ވެސް ދޮރުތައް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރ ޠާރިޤު ވިދާޅުވި އެވެ.

އެންވާރަމެންޓް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، މި ގްރާންޓްތަކުގެ ދަށުން ލ. ގަން، މާބައިދޫ އަދި ހިތަދޫއަށް ކޮންމެ ރަށަކަށް 2 މިލިއަން ރުފިޔާގެ ހިލޭ އެހީ ދެވިފައިވެ އެވެ. މި ފައިސާ ބޭނުންކުރާނީ އެންދެރި މަޝްރޫއުއިން މި ރަށްތަކުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ތައްޔާރުކޮށްދީފައިވާ މެނޭޖްމަންޓް ޕްލޭންތައް ތަންފީޒު ކުރުމަށެވެ.

މީގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި މަދަނީ ޖަމްޢިއްޔާތަކާއި އާންމު ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި އެންދެރި މަޝްރޫޢުން ދޫކުރާ ސްމޯލް ގްރާންޓްސްގެ ދެވަނަ ބުރަށް ހޮވުނު ތިން ޖަމްއިއްޔާއަކަށް ޖުމްލަ 1.5 މިލިއަން ރުފިޔާ ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީން ހާމަކުރި އެވެ. 2022 ވަނަ އަހަރު ހިންގި ގްރާންޓްގެ ފުރަތަމަ ބުރުގައި ލ. އަތޮޅުގެ 10 ރަށަކުން 10 ޖަމްއިއްޔާއަކަށް ޖުމްލަ 2.1 މިލިއަން ރުފިޔާ ފޯރުކޮށްދީފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މި ރަސްމިއްޔާތުގައި ހިތަދޫ، މާބައިދޫ އަދި ގަމު ކައުންސިލްގެ ރައީސުންނާއި އިސް ބޭފުޅުންގެ އިތުރުން ލާމު އަތޮޅު ކައުންސިލުގެ ރައީސް، އިސްމާއީލް ޢަލީ ވެސް ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ.

މިނިސްޓަރ ޠާރިޤު އިބްރާހީމް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ލ. ފޮނަދޫ ލ.ގަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ