ފްލެޓް ލިސްޓުގައި ހިމަނާނެ ބައެއްގެ ނަމެއް ނުފޮނުވަން، ދޭނީ ހައްޤުވެރިންނަށް: ފަލާހް

Advertisement

Advertisement

އެންމެ ފަސް

Advertisement

ފްލެޓް ލިސްޓުގައި ހިމެނުމަށް ޕީއެންސީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން ބޭނުންވާ 20 ނަމެއް ފޮނުވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގާފައިވާކަމަށް ބުނެ ނޫހަކުން ޝާއިރުކޮށްފައިވާ ހަބަރެއް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ދޮގު ކުރައްވައިފި އެވެ.

ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ’ދިޔަވަރު‘ ނޫހުން ’ފްލެޓްތައް ޕީއެންސީ މީހުންނަށް ބެހުމަށް، ބައެއް މަޖިލީސް މެމްބަރުންނަށް، ކޮންމެ މެމްބަރަކު ބޭނުންވާ ކޮންމެވެސް 20 މީހެއްގެ ނަން ދިނުމަށް މުއިއްޒު އަންގައިފި‘ ސުރުހޫގެ ދަށުން ލިޔެފާވައި ހަބަރުގެ ސްކްރީންޝޮޓެއް ހިމަނާ އެ ވާހަކަ ދޮގު ކުރައްވާފަ އެވެ.

ފަލާހު ވިދާޅުވީ މިއީ މިއަހަރު ތެރޭގައިވެސް ހެދި އެންމެ ބޮޑު ދޮގު ކަމަށެވެ. އަދި ރައީސް މުއިއްޒު ގޯއްޗާ ފްލެޓުގެ ލިސްޓަށް އެއް ގޮތަކަށްވެސް ’އަތެއް ނުބާނުއްވާނެ‘ ކަމަށް ފަލާހު ވިދާޅުވި އެވެ.

މިއީ މިއަހަރުވެސް ހެދުނު އެންމެ ބޮޑު ދޮގު. ރައީސް މުއިއްޒު އެއް ގޮތަކަށްވެސް ގޯއްޗާއި ފްލެޓަށް އަތެއް ނުބާނުއްވާނެ.

މީގެ އިތުރުން ރަނުން ރަނަށް، ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ގޯއްޗާއި ފްލެޓްތައް އޭގެ ހައްގުވެރިންނާ ރައީސް މުއިއްޒު ހަވާލު ކުރައްވާނެކަމަށްވެސް ފަލާހު ވިދާޅުވި އެވެ. އަދި ޕީއެންސީއަށް ނިސްބަތްވާ އެއްވެސް މަޖިލިސް މެންބަރަކުވެސް މިކަމުގައި ގޯހެއް ނުހައްދަވާނެކަމަށްވެސް ފަލާހުގެ ޕޯސްޓްގައި ވިދާޅުވެފައިވެ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއި އެއްގޮތަށް، އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ފްލެޓު ލިސްޓު އާންމު ކުރުމަށް ކުރަން ޖެހޭ މަސަައްކަތްތައް އަންނަނީ ކުރަމުންނެވެ. އެގޮތުން ހައުސިން މިނިސްޓްރީން ބުނީ، ލިސްޓް ރިވިއުކުރުމުގެ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. އަދި ލިސްޓް އާންމުކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި، މި މަހުގެ ތެރޭގައި އެ ލިސްޓް އާންމުކުރާނެ ކަމަށެވެ. ނަމަވެސް ލިސްޓް ހާމަކުރާނެ ސީދާ ތާރީހެއް މިނިސްޓްރީން ނުބުނެ އެވެ.

ގިނަ ބައެއްގެ ކަންބޮޑުވުން ހުރި މި މައްސަލައިގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަދެ ހިންގި ތަހުގީގަށް ފަހު ބުނެފައި ވަނީ ލިސްޓުގައި ނަން ހިމެނޭ ގިނަ މީހުންނަކީ އުސޫލުން ފްލެޓު ލިބުނު މީހުން ނޫން ކަމަށެވެ. މި މައްސަލައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ބުނެފައިވަނީ ފުލެޓަށް އެދި ހުށައަޅާފައިވާ ފޯމުގައި ޝަރުތުހަމަ ނުވާ އެތައް ބައިތަކަކަށް ޕޮއިންޓު ދީފައިވާކަމަށާއި ޕޮއިންޓު ދީފައި ވަނީ ކޮން އަސާސްތަކެއްގެ މައްޗަށްކަން ސާފުނުވާ ކަމަށެވެ.

ކުރީގެ ސަރުކާރުން ފުލެޓު ދޭން ނިންމާފައިވާ މީހުންގެ ތެރެއިން 60 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޯހިޔާވަހިކަން ކޮންގްރެސް ޕާޓީ ފްލެޓް މައްސަލަ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ