ބާ އިމްތިހާނުގައި މިއަހަރު 183 ދަރިވަރުން

Advertisement

Advertisement

އެންމެ ފަސް

Advertisement

ބާ ކައުންސިލުން އިންތިޒާމުކޮށްގެން މިއަހަރު ބޭއްވި ބާ އިމްތިހާނުގައި 183 ދަރިވަރުން ބައިވެރިވެއްޖެ އެވެ.

ބާ ކައުންސިލުން ބުނީ ވިލާ ކޮލެޖުގައި ބޭއްވި މި އިމްތިހާނަކީ 190 ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި އިމްތިހާނެއް ކަމަށެވެ. އަދި މި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންނާއެކު 2022 ވަނަ އަހަރު ފެށި ބާ އިމްތިހާނުގައި މިހާތަނަށް ބައިވެރިވި ދަރިވަރުންގެ އަދަދު 505 އަށް އަރާފައިވާ ކަމަށް ބާ ކައުންސިލުން ބުނެ އެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައިވާ ގޮތުން ބާ އިމްތިހާނުން ފާސްވުމަކީ ގާނޫނީ ވަކީލަކަށްވުމަށް ކަނޑައަޅާފައިވާ ތިން އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ އެއް ޝަރުތެވެ. ދެ ހިމެނޭ ދެ ޝަރުތަކީ ބާ ކައުންސިލުން ގަބޫލު ކުރާ ގާނޫނީ ދާއިރާގެ ފުރަތަމަ ޑިގްރީއެއް ހާސިލު ކުރުމާއި ގާނޫނީ ދާއިރާގެ އަމަލީ ތަޖުރިބާ ހޯދުމަށް ފުރިހަމަ ކުރަންޖެހޭ ލައިސެންސިން ތަމްރީނެއް ފުރިހަމަ ކުރުމެވެ.

ބާ އިމްތިހާނަކީ ދިވެހިރާއްޖޭގައި ގާނޫނީ ހިދުމަތް ދިނުމަށް ބޭނުންވާ އެންމެ އަސާސީ ގާނޫނީ އިލްމާއި ހުނަރު އަލަށް ނުކުންނަ ގާނޫނީ ވަކީލުންގެ ކިބައިގައި ހުރިކަން ކަށަވަރު ކުރުމަށާއި ފެންވަރު ވަޒަންކުރުމަށް ދެވޭ ގާނޫނީ ދާއިރާއާ ގުޅުމަށް ބޭނުންވާ ’މިނިމަމް ބެންޗްމާކް‘ ކަނޑައަޅާ އިމްތިހާނެކެވެ.

ބާ ކައުންސިލުން ބުނީ މިއަހަރުގެގެ އިމްތިހާނުގައި މައިގަނޑު 6 ދާއިރާއަކުން އިނގިރޭސި އަދި ދިވެހި ބަހުން 120 މަލްޓިޕްލް ޗޮއިސް ސުވާލު ހިމަނާފައިވާ ކަމަށެވެ.

މިއަހަރުގެ އިމްތިހާނުގައި ހިމެނުނު ދާއިރާތައް:

  1. ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް
  2. ކްރިމިނަލް ލޯ އެންޑް ޕްރޮސީޖާ
  3. ލޭންޑް ލޯ އެންޑް ޕްރެކްޓިސް
  4. ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ
  5. ޓޯޓް ލޯ
  6. މޯލްޑިވިއަން ލީގަލް ސިސްޓަމް

މިއަހަރުގެ ބާ އިމްތިހާނު އިންތިޒާމު ކުރެވިފައިވަނީ ދިވެހި ސަރުކާރާއި ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް އެއިޑް (ޔޫއެސްއެއިޑް) އަދި އެމެރިކަން ބާ އެސޯސިއޭޝަން (އޭބީއޭ) ގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކަމަށް ބާ ކައުންސިލުން ބުނެ އެވެ.

ބާ ކައުންސިލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ