އައިޕީޔޫ އެސެމްބްލީގައި ބައިވެރިވެވަޑައިގެންނެވުމަށް މަޖިލިސް ރައީސް ފުރާވަޑައިގެންފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ އެސެމްބްލީގައި ބައިވެރިވެވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ޖެނީވާއަށް ފުރާވަޑައިގެންފި އެވެ.

މި އެސެމްބްލީ ކުރިއަށް ދާނީ މިމަހުގެ 13 އިން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ އައިޕީޔޫގެ 149 ވަނަ އެސެމްބްލީ އެވެ. މަޖިލިސް ރައީސް އަބްދުއްރަހީމްގެ އަރިހުގައި މަޖިލީހުގެ ބައެއް މެންބަރުންވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ. އެގޮތުން މި ވަފުދުގައި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް، ފުވައްމުލަކު މެދު ދާއިރާ އަލީ ފަޒާދު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހިމެނިވަޑައިގަންނަވަ އެވެ.

ސުލުހަވެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލަކަށްޓަކައި ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން (އެސްޓީއައި)ގެ ބޭނުން ހިފުމުގެ މައުލޫއަށް ކުރިއަށް ގެންދާ އައިޕީޔޫގެ އެސެމްބްލީގައި ބައިވެރިވެ ވަޑައިގެންނެވުމަށް އަބްދުއްރަހީމް ޖެނީވާއަށް ކުރައްވާ މި ދަތުރުފުޅަކީ މަޖިލިސް ރައީސްގެ ހައިސިއްޔަތުން އޭނާ ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ފުރަތަމަ ކުރެއްވި ދަތުރުފުޅުގައި އަބްދުއްރަހީމް ވަނީ އައިޕީޔޫއިން ޗައިނާގައި ބޭއްވި ސެމިނާއެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރޭ ޖެނީވާއަށް ފުރާވަޑައިގެންނެވި އިރު ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ވަނީ ނިންމާފަ އެވެ. މިދިޔަ ހަފްތާ ހޯމަ ދުވަހު ފަހު ދައުރު ފެށުމަށް ހަމަޖެއްސި ނަމަވެސް އާ ބްރޯޑްކާސްޓިން ރޫމެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ ޖަލްސާތައް ފަސްކޮށްލުމަށް އަބްދުއްރަހީމް ވަނީ ނިންމާފަ އެވެ.

ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ