މާލެ ސިޓީ ކައުންސިލުގެ ކޮންސަލްޓަންޓުންގެ މަގާމަށް އެމްޑީޕީއަށް ނިސްބަތްވާ މީހުން ނަގާފައިވާކަމަށް އެ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް އެއްބަސްވެ ވަޑައިގެންފި އެވެ.
މިއަދު އެމްޑީޕީން ބޭއްވި ލާމަރުކަޒީ ގުޅުން ކޮންފަރެންސްގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އޭނާއަށް ފުރިހަމައަށް އެއްބާރުލުން ދޭ ކަމަށެވެ. އަދި ބުނާ ކަމެއް ވިއްޔާ ކޮށްދޭ ކަމަށެވެ.
އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ ތެރޭގައި އޭނާއަށް ދަތިވާކަމެއް މިވަގުތު ނެތް ކަމަށެވެ.
އަޅުގަނޑަކަށް ދަތިވާކަމެއް މިވަގުތު އަދި ހަމަ ނެތް. ހަމަ ކައުންސިލް ތެރޭ ހުރިހާ ކަމެއްވެސް. އަޅުގަނޑު ބުނާ ކަމެއް ވެއްޖިއްޔާ ކޮށްދޭ.
ކޮންސަލްޓަންޓުން ނަގަން ބޭނުންވުމުން 15 ކޮންސަލްޓަންޓުން ނަގާފައިވާކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އެ ކޮންސަލްޓަންޓުންގެ ތެރެއިން އެކަކު ފިޔަވާ އެންމެންނަކީ އެމްޑީޕީ މީހުންކަމަށް އާޒިމް ވިދާޅުވި އެވެ.
އަޅުގަނޑު ކޮންސަލްޓަންޓުން ނަގަން ބޭނުންވީމާ 15 ކޮންސަލްޓަންޓުން ނަގައިގެން. ހަމަ އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުން އެތިބީވެސް. އެތަންތަންތާ އެތިބީވެސް. އެކަކު ނޫނިއްޔާ.
އާޒިމް ވިދާޅުވީ މާޅެ ސިޓީ ކައުންސިލްގެ ތެރެއިން އަދި މިހާތަނަށް އޭނާއަށް ދަތިވާނެކަމެއް ވެފާ ނުވާ ކަމަށެވެ.