ހ. އެއްގަމުގޭ, ހަދީޖާ އިބްރާހީމް ދީދީ (އަންނަބީލާ ހަދީޖާ އިބްރާހީމް ދީދީ) މިއަދު އަވަހާރަވެއްޖެ އެވެ.
އަންނަބީލާ ޚަދީޖާ ދީދީއަކީ އަލްއަމީރު އިބްރާހީމް ފާމުލަދޭރިކިލެގެފާނުގެ ދަރިކަނބަލުންނެވެ.
އަދި އެކަމަނާ އަވަހާރަވިއިރު އުމުރުފުޅުން 68 އަހަރެވެ.
އެކަމަނާގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިރޭ މަސްޖިދުއްތަޢާވުނި (އާސަހަރާ މިސްކިތް) ގައި މަޣްރިބު ނަމާދަށް ފަހު އެވެ.
ޚަދީޖާއަކީ ވަރަށް ހިދުމަތްތެރި ބޭކަނބަލެކެވެ.
އަންނަބީލާ ޚަދީޖާ ދީދީ މަތީ ތައުލީމުގެ މާސްޓާސް ޑިގްރީ ހާސިލުކުރެއްވީ އެމެރިކާގެ ނޯތު ކެރޮލައިނާއިންނެވެ.